ޤާސިމް އިބްރާހީމާއި ހަތަރު ވަނަ އަނބިކަނބަލުން ރޭގެ ކައިވެނީގެ ހަފުލާގައި (ރަސް ފޮޓޯ)
ޤާސިމް އިބްރާހީމާއި ހަތަރު ވަނަ އަނބިކަނބަލުން ރޭގެ ކައިވެނީގެ ހަފުލާގައި (ރަސް ފޮޓޯ)
ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި ވިލާ ކުންފުނީގެ ޗެއާމަން ގާސިމް އިބްރާހިމް ރޭ ހަތަރު ވަނަ ކައިވެންޏެއް ބައްލަވައިގަނެ ޒުވާން ކަނބަލަކާއެކު ލޯބީގެ އައު ހަޔާތެއް ފަށްޓަވައިފިއެވެ.

ރާއްޖޭގެ މަޝްހޫރު ވިޔަފާރިވެރިޔާ އަދި މާމިގިލީ ދާއިރަގެ މެމްބަރު ޤާސިމް އިބްރާހިމް ޒުވާން އަންހެން ކަނބަލަކާއި ކައިވެނި ބައްލަވައިގެންފައިވަނީ އެންމެ ފަހުން ކައިވެނި ބައްލަވައިގެންނެވި އައިޝަތު ނަހުލާ ވަރި ކުރަށްވާފައި ކަމަށް ދެކެވޭ ވާހަކަތަކަކީ އެއްވެސް ހަގީގަތެއް ނެތް ދޮގު ވާހަކަތަކެއްކަމަށް މިނޫހަށް ވަނީ ކަށަވަރު ވެފައެވެ. ޤާސިމް 4 ވަނަ ކައިވެނީގެ ހަފުލާ ބާއްވަވާފައިވަނީ ރޭގައެވެ.



ޤާސިމް އިބްރާހީމްއާއި 4 ވަނަ އަނބިކަނބަލުން ރޭގެ ކައިވެނީގެ ހަފުލާގައި (ރަސް ފޮޓޯ)

ގާސިމާއި އެންމެ ފަހުން ކައިވެނި ބައްލަވައިގެންނެވި މިހާރުގެ ޓްރާންސްޕޯރޓް މިނިސްޓަރު ނަހުލާގެ ކައިވެންޏަށް މިހާރު 13 އަހަރު ވެފައިވާއިރު، ދެކަނބަލުންނަށް ވަނީ ހަބޭފުޅަކު ލިބިވަޑައިގެންފައެވެ. ޤާސިމް ވަނީ ސިޔާސީ ގޮތުން ބޭއްވި އެކި ހަފްލާތަކުގައިވެސް އޭނާގެ ހަޔާތުގެ ބައިވެރިޔާ ނަހުލާއާއި ގުޅޭގޮތުން ތައުރީފުގެ ބަސްތައް އޮއްސަވާލައްވާފައެވެ. އެގޮތުން ގާސިމް ވިދާޅުވެފައިވަނީ އައިޝާއާ ދުވަހަކު ވެސް ވަކި ނުވާނެ ކަމަށެވެ. އަދި ވިދާޅުވީ އައިޝާ އާއި އެމަނިކުފާނާ ދޭތެރޭގައި އޮތީ "އިލާހީ ގުޅުމެއް" ކަމަށެވެ.



ޤާސިމް އިބްރާހިމާއި 4 ވަނަ އަނބިކަނބަލުން (ރަސް ފޮޓޯ)

ގާސިމް ރޭގައި ކައިވެނި ބައްލަވައި ގެންފައިވަނީ ވަރަށް ޒުވާން ކަނބަލަކާއެވެ. މާމިގިއްޔާއި އުކުޅަހަށް ވެސް ނިސްބަތްވާ މި ޒުވާނާގެ އުމުރަނީ 20 އަހަރު ކަމަށް މައުލޫމާތު ލިބެއެވެ. ގާސިމްގެ އުމުރުފުޅުން މިހާރު 70 އަހަރެވެ.



ޤާސިމް އިބްރާހިމާއި އާ އަނބިކަނބަލުން (ރަސް ފޮޓޯ)

ގިނަ ބަޔަކު ގަބޫލުކޮށްގެން ތިބީ ނަހުލާއަށްފަހު އިތުރު ކައިވެންޏެއް ދެން ޤާސިމު ބައްލަވައި ނުގަންނަވާނެ ކަމަށެވެ. ނޫނީ ދެން އިތުރު ކައިވެންޏަށް ބައްލަވައި ގަންނަވަން ކެރިވަޑައި ނުގަންނަވާނެ ކަމަށެވެ. ނަމަވެސް ރޭ ވަރަށް ޒުވާން ކަނބަލަކާ ކައިވެނި ބައްލަވައިގެން ޤާސިމް ވަނީ އެމަނިކުފާނުގެ ހިތްޕުޅުގެ ޒުވާންކަން ސާބިތުކޮށްދެއްވާފައެވެ.


ކިޔުންތެރިންގެ ހިޔާލު


-4

ނަހުލާ

15-Mar-2021

ރުފިޔާގެ ދަހިވެތިކަމުގަ ގާސިމްއާ ކައިވެނި ބައްލަވައިގަތީ.އެނޫން އިތުރުކަމެއް ފާލަކުން ރަމަލަކުން ނުދައްކާ.


11

ސާބަސް

04-Oct-2020

ލަދުގައްނާކަމެއް ރާމާމަކުނުވެސްމީހުންތިއްބަސްކުރަންބޭނުންވާކަމެއްވިއްޔާކުރަނީއެނޫންތަ އެދަރަޖައިގެމީހުވެސްތިބީމާމީތިފުރިހަމަވަނީ


14

ސާބަސް

04-Oct-2020

ސާބަހޭ ޤާސިމް ބެ .ހިތްހަމަޖެހޭ އުފާވެރި ދިރިއުޅުމެއް ކަމުގައި މާތް ﷲ މިންވަރު ކުރައްވާށި


-17

ޢަލީިވަހީދު

04-Oct-2020

އައިޝާޔަކީ ގާސިމުދެކެ ބިރުގަންނަ މީހެއްނޫން ވަޒީފާ އަދާކޮއްގެން ލާރިލިބޭ މާދަމާ ގާއްޓޭ ލޯމަރާލިޔަސް އިތުރުމީހަކާ އިންނާނެ


3

ހަސަން / ފޭދޫ

04-Oct-2020

މީހަކާއި އިނުމަކީ ލަދު ގަންނަން ޖެހޭ ކަމެއް ނޫން. އަންހެން ކުއްޖާ ޤާސިމް އާ ހިންހަމަ ޖެހޭ އަދި ޤާސިމް އަންހެން ކުއްޖާއާ ހިންހަމަ ޖެހޭ. ދެމީހުން ރުހިގެން ކައިވެނި ކުރީ. ދެން ކޮބާ މައްސަލަ އަކީ? ދިވެހިންގެ ތެރޭ އަދިވެސް އެބައުޅޭ ނާތަހްޒީބު މީހުން. މީހުންގެ ޒާތީ ކަންކަމާ ބެހުމަކީ ތަންދޮރު ދަންނަ ބަޔަކު ކުރާނެ ކަމެއް ނޫން.


-16

ކަސްފު

02-Oct-2020

ވަހުށީކަން ނުކެށޭ އެހެން ވީމަ ކުރާނު ރޭގަ އެހެން ވީމަ ހެސް ކިޔާފަ މަޖާ ނަގާނެ


-4

ޖާބެ

02-Oct-2020

ވަހުސީ ކަން


-5

ާހަހަ ލޮލް

02-Oct-2020

ގާސިމް ބޭބީ މށާ އިންނާނަމޭ ކިޔާފަ ދޯކާ ކެނޑީ :’(


6

ދަންބެރު

02-Oct-2020

ކަލޯ ގަޔާ...ދެންދޯ...ފައިސާ ހުރީމަތަ ހަމަ ދެންދޯ ލަދުން ދެބޯހަލާކު



ޓްރެންޑިން