ރައްޔިތުންގެ މަޖިލީސް
ރައްޔިތުންގެ މަޖިލީސް
އުމުރުން ދުވަސްވީ މީހުންނަށް ޕެންޝަންގެ ގޮތުގައި ލިބޭ ފައިސާއަށްވުރެ ބޮޑު އާމްދަނީއެއް ލިބޭނަމަ ޕެންޝަން ކަނޑާލަން ޤާނޫނަށް އިސްލާހެއް ގެންނަން ސަރުކާރުން ހުށަހަޅައިފިއެވެ.

ޕެންޝަންގެ ޤާނޫނަށް ގެންނަ މި އިސްލާހު ވަނީ ދައުރުން ބޭރުން މާދަމާ ބާއްވާ މަޖިލިސް ޖަލްސާއަށް އެޖެންޑާ ކޮށްފައެވެ.

މި އިސްލާހަކީ ސަރުކާރުގެ ފަރާތުން މިލަންދޫ ދާއިރާގެ މެމްބަރު ހަސަން މުފީދު އަބްދުލް ގާދިރު ހުށަހަޅުއްވާފައިވާ ބިލެކެވެ. މި ބިލުގެ ބޭނުމެއް ކަމަށް ބުނެފައި ވަނީ ދިވެހިރާއްޖޭގެ ޕެންޝަނާ ބެހޭ ގާނޫނުގައި އުމުރުން ދުވަސްވީ މީހުންގެ އަސާސީ ޕެންޝަންގެ ގޮތުގައި ލިބިދެވޭ ފައިސާއަށް ވުރެބޮޑު އަދަދެއްގެ ފައިސާ އެމީހަކަށް އާމްދަނީގެ ގޮތުގައި ލިބޭ މީހުންނަށް އަސާސީ ޕެންޝަން ލިބި ނުދެވޭނެކަން ކަނޑައެޅުމެވެ.

އަދި މީގެއިތުރުން ގެދޮރު އިމާރާތް ކުރުމާއި ގެދޮރު މަރާމާތު ކުރުމުގެ ބޭނުމަށް ޕެންޝަން ފަންޑުގައިވާ ފައިސާ ކޮލެޓްރައިޒް ކުރެވޭނެކަން ކަނޑައެޅުމަށާއި، ޓާރމިނަލް އިލްނެސްގެ ހާލަތްތަކުގައި އެ ފަރާތަކަށް ޕެންޝަން ފަންޑުގައިވާ ފައިސާ ދޫކުރެވިދާނެކަން ކަނޑައެޅުމާއި، އެ ފައިސާ ދޫކުރުމުގެ އުސޫލުތައް ގާނޫނުގައި ކަނޑައެޅުމަކީވެސް މި ބިލުގެ ބޭނުމެކެވެ.

ހަމައެއާއެކު ހައްޖުވުމަށްޓަކައި ކުރިއާލާ ޖާގަ ރިޒާވް ކުރުމަށް ޕެންޝަން ފަންޑުން ފައިސާ ބޭނުން ކުރެވިދާނެ ކަމަށް ކަނޑައެޅުންވެސް ގާނޫނަށް ގެންނަ އިސްލާހުތަކުގެ ތެރޭގައި ހިމެނެއެވެ.



ކިޔުންތެރިންގެ ހިޔާލު