މިނިވަން މުއައްސަސާތަކާއި އިންތިހާބީ ނިޒާމަށް ސަރުކާރުން ގެންނަން އުޅޭ ބަދަލުތަކަކީ ރައްޔިތުންގެ އަތުގައި އޮތް ބާރުތައް ފޭރިގަތުން ކަމަށް ސިފަކުރައްވައި، އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް ސަރުކާރަށް ބޮޑެތި ފާޑުކިއުންތަކެއް އަމާޒުކުރަށްވައިފިއެވެ.
މީސްމީޑިއާގައި ފައްޔާޒު ވިދާޅުވީ އިންތިހާބުތައް އެއްކޮށްލުމުގެ ފައިދާއާއި ގެއްލުން ހުރި ނަމަވެސް، "ހަރަދު ކުޑަކުރުމުގެ" ނަމުގައި ސަރުކާރުން މިހާރު ކުރަން އުޅޭ ކަމަކީ ރައްޔިތުންގެ ވޯޓުން ގައުމުގެ ކަންކަން ނިންމުމަށް އޮތް ބާރު ނިގުޅައިގަތުން ކަމަށެވެ. އަދި ސަރުކާރުގެ ސިޔާސީ އޮނިގަނޑު މަތިބަރުކޮށް އޮތްއިރު، ހަރަދު ކުޑަކުރަން އުޅޭ މަންޒަރު އެއްވެސް ދިމާލަކުން ނުފެންނަކަން އޭނާ ފާހަގަކުރެއްވިއެވެ.
ރައްޔިތުންގެ މަޖިލީހުގެ ދައުރާ ގުޅޭގޮތުން ވާހަކަ ދައްކަވަމުން ފައްޔާޒު ވިދާޅުވީ، މަޖިލީހަކީ ސަރުކާރު ޖަވާބުދާރީ ކުރުވުމުގެ އެންމެ މަތީ ބާރު ކަމަށްވާއިރު، މަޖިލީހުގެ ކޮލިޓީ ހިފެހެއްޓުމަށްޓަކައި މިހާރު އޮތް 5،000 އާބާދީއަކަށް މެންބަރަކު ހޮވާ އުސޫލު އުވާލަން ޖެހޭ ކަމަށެވެ.
އޭގެ ބަދަލުގައި އަތޮޅުތަކަށް މެންބަރުން ހޮވާ ގޮތަށް އާބާދީ ބޮޑު ދާއިރާތަކެއް ކަނޑައެޅުން މުހިންމު ކަމަށް އޭނާ ލަފާދެއްވިއެވެ. މި ބަދަލަކީ މަޖިލީހުގެ މިނިވަންކަމާއި ބާރުވެރިކަން ދެމެހެއްޓުމަށް އެޅޭނެ މުހިންމު ފިޔަވަޅެއްގެ ގޮތުގައި އޭނާ ސިފަކުރެއްވިއެވެ.
ދައުލަތުގެ "ޗެކްސް އެންޑް ބެލެންސް" ނިޒާމު ހަރުދަނާ ކުރުމަށް ފައްޔާޒު ހުށަހެޅުއްވީ މަޖިލިސް އިންތިހާބު ބައިކުރުމަށެވެ. އެގޮތުން، މަޖިލީހުގެ ޖުމްލަ މެންބަރުންގެ ދެބައިކުޅަ އެއްބައި ރިޔާސީ އިންތިހާބާ އެކު އިންތިހާބުކޮށް، ބާކީ ތިބި މެންބަރުން ރިޔާސީ ދައުރުގެ މެދުތެރެއިން އިންތިހާބު ކުރުމަކީ ސަރުކާރުގެ ޕާފޯމަންސަށް ބަލައި ރައްޔިތުންނަށް ގޮތް ނިންމަން ލިބޭނެ ރަނގަޅު ފުރުސަތެއް ކަމަށް އޭނާ ވިދާޅުވިއެވެ.
އަދި ހަގީގަތުގައިވެސް ހަރަދު ކުޑަކުރަން ބޭނުންނަމަ އެއްކޮށްލަންވީ ރިޔާސީ އިންތިހާބާއި ކައުންސިލް އިންތިހާބު ކަމަށާއި، އެއީ ގައުމީ އަދި ރަށު ފެންވަރުގައި ވެރިކަން ކުރުމަށް ދެވޭ ވޯޓަކަށް ވާތީ ކަމަށްވެސް ފައްޔާޒް ފާހަގަކުރެއްވިއެވެ.
މަޖިލިސް ޗުއްޓީގައި އޮއްވައި ކުއްލި ގޮތަކަށް ގާނޫނުއަސާސީއަށް ބަދަލު ގެންނަން އުޅުމަކީ ކަންބޮޑުވާންޖެހޭ ކަމެއްކަން ފާހަގަކުރައްވަމުން، ފައްޔާޒު ވަނީ މިފަދަ ނިންމުންތަކުގައި ރައްޔިތުންގެ މެދުގައި ފުޅާ ދާއިރާއެއްގައި ބަހުސްކުރަން ފުރުސަތު ދިނުމަށް ގޮވާލައްވާފައެވެ. އަދި ރައީސް މުއިއްޒުގެ ސަރުކާރަށް ކެރިވަޑައިގަންނަވާނަމަ، މިހާރު ހުށަހަޅާފައިވާ ބަދަލުތަކުގެ އިތުރުން ރައްޔިތުންނަށް ފައިދާހުރި އެހެން ގޮތްތަކާ މެދުވެސް މަޝްވަރާ ކުރެއްވުމަށް އޭނާ ވަނީ ގޮވާލައްވާފައެވެ.
ފައްޔާޒް މިފަދަ މޭރުމަކުން ވާހަކަދައްކަވާފައި މިވަނީ، ރިޔާސީ އިންތިޚާބާއި، މަޖިލީސް އިންތިޚާބު އެކީ ބާއްވަން މިސަރުކާރުން ގާނޫނު އަސާސީއަށް އިސްލާހު ހުށަހަޅާފައިވާ ދަނޑިވަޅެއްގައެވެ.

ކިޔުންތެރިންގެ ހިޔާލު