އެފްއޭއެމްގެ ފައިސާއިން، އެ އެސޯސިއޭޝަންގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލް އަމިން އެވެނިއުއިން ޕެންޓްހައުސް ގަތް މައްސަލައިގައި، އަމިން ކޮންސްޓްރަކްޝަންގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށް ނިންމައި، ބައްސާމް 23 އަހަރަށް ޖަލަށް ލުމުން މައްސަލަ އިސްތިއުނާފުކުރަން ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން މަސައްކަތް ފަށައިފިއެވެ.
ޕީޖީ އޮފީހުން މިއަދު ބުނީ، ބައްސާމްގެ މައްޗަށް ކުށް ސާބިތުވި މުއާމަލާތާ ގުޅިގެން އަމިން ކޮންސްޓްރަކްޝަންގެ މައްޗަށް ހުށަހެޅި ދައުވާ ސާބިތުނުވާ ކަމަށް އެ ކޯޓުން ހުކުމްކޮށްފައިވަނީ ޝަރުއީ އަދި ގާނޫނީ އުސޫލުތަކާ ހިލާފުކަމަށް ބެލެވޭ ކަމަށެވެ.
އެހެންކަމުން އަމިން ކޮންސްޓްރަކްޝަންގެ ބައި ހައި ކޯޓުގައި އިސްތިއުނާފް ކުރުމަށް ގަސްދު ކޮށްފައިވާ ކަމަށާއި، ނަމަވެސް މި ކަމުގައި އެންމެ ފަހު ނިންމުމެއް ނިންމެން އޮތީ ޝަރީއަތް ނިމުނުގެ ގޮތުގެ ފުރިހަމަ ރިޕޯޓް ލިބުމުން ކަމަށް އެ އޮފީހުން ވަނީ ބުނެފައެވެ.
އެފްއޭއެމްގެ ފައިސާއިން ބައްސާމް، އަމިން އެވެނިއުގެ ދެ އެޕާޓްމެންޓް ގަތް މުއާމަލާތުގައި އަމީން ކޮންސްޓްރަކްޝަން ކުންފުނިން މަނީ ލޯންޑްރިންއަށް އެހީވި ކަމަށް ބުނެ ދައުލަތުން ކޮށްފައިވާ ދަޢުވާގައި މިއަދު ކްރިމިނަލް ކޯޓުން ނިންމާފައިވަނީ، މަނީ ލޯންޑާކުރުމަށް އެހީތެރިވުމުގެ ދައުވާ އަމީން ކޮންސްޓްރަކްޝަންގެ މައްޗަށް ސާބިތުނުވާ ކަމަށެވެ.
އެގޮތުން އެފްއޭއެމްގެ 1.2 މިލިއަން ޑޮލަރު ދިވެހި ރުފިޔާއަށް މާރުކުރަން އަމިންއަށް ޖަމާކޮށްފައިވާ ކަމަށާއި އެ ޑޮލަރަށްވާ ފައިސާ، ނަގުދު ފައިސާގެ ގޮތުގައި ހަސަން ވަހީދު ކިޔާ މީހަކާ ހަވާލުކޮށްފައިވާކަން ޝަރިއަތަށް ސާބިތުވާ ކަމަށާއި، އެ ފައިސާއިން ބައްސާމް އެޕާޓްމެންޓް ގަންނަން ބޭނުން ކުރި ކަމަށް ބާރުދޭ ހެއްކެއް ނެތް ކަމަށް އަމިންގެ ޙުކުމްގައިވެއެވެ.
ނަމަވެސް އެފްއޭއެމްއިން ނެރުނު 1.2 މިލިއަން ޑޮލަރަށްވާ ދިވެހި ފައިސާ އެފްއޭއެމްގެ އެއްވެސް އެކައުންޓަކަށް އަނބުރާ ވަދެފައިވާކަން އެނގޭކަށް ނެތުމާއި، އެޕާޓްމެންޓް ގަންނަން ނަގުދު ފައިސާ ދައްކާފައިވާ ކަމުގެ ވައުޗަރުތަކެއް އަމިން އިން ދައްކާތީ، އެފްއޭއެމްގެ ފައިސާއިން ބައްސާމް އެޕާޓްމަންޓް ގަތް މައްސަލައިގައި ބައްސާމްގެ މައްޗަށް ކުށް ސާބިތުވެ 23 އަހަރަށް ޖަލަށް ލާން މިއަދު ވަނީ ހުކުމްކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު