އިންޑިއާގައި ކޮވިޑް އަށް ޓެސްޓު ކުރުމަށް ސާމްޕަލް ނަގަނީ. (ފޮޓޯ: އޭއެފްޕީ)
އިންޑިއާގައި ކޮވިޑް އަށް ޓެސްޓު ކުރުމަށް ސާމްޕަލް ނަގަނީ. (ފޮޓޯ: އޭއެފްޕީ)
އިންޑިއާގައި ކޮވިޑް-19 ޖެހުނު މީހުންގެ އަދަދު 6.23 މިލިއަނަށް އަރައިފިއެވެ.

އިންޑިއާގެ ހެލްތު މިނިސްޓްެރީ އިން ބުދަދުވަހު ނެރުނު އެންމެ ފަހުގެ ރިޕޯޓުތަކުން ދައްކާގޮތުގައި އިންޑިއާގެ އިތުރު 80،472 މީހަކަށް މިބަލި ޖެހި، މިބަލި ޖެހުނު މީހުންގެ ޖުމްލަ އަދަދު 6.23 މިލިއަނަށް އަރައިފިކަމަށް މީޑިއާ ރިޕޯޓްތަކުގައި ހާމަކޮށްފައިވެއެވެ.

މީގެ އިތުރުން އިއްޔެ އެކަނިވެސް ބަލީގައި އިންޑިއާއިން 1،179 މީހުން މަރުވެ، ބަލި ޖެހިގެން މަރުވި މީހުންގެ އަދަދު 97،497 އަށް އަރައިފައިވާކަަމަށްވެސް އިންޑިއާގެ ހެލްތު މިނިސްޓްެރީ އިން ބުދަދުވަހު ނެރުނު އެންމެ ފަހުގެ ރިޕޯޓުތަކުން ދައްކައެވެ.

އަންގާރަ ދުވަހު ކުރެވުނު ސާވޭއެއްގައި އިންޑިއާގެ އާބާދީގެ ބޮޑު ބަޔަކަށް އަދިވެސް މިބަލީގެ އަސަރުކުރާނެކަމަށް ލަފާ ކުރެއެވެ.

އިންޑިއާއިން ބަލި ޖެހުނު މީހުންގެ އަދަދު މައްޗަށް އަރައި ދުނިޔޭގައި އެންމެ ގިނަ މީހުންނަށް މި ބަލި ޖެހުނު ގައުމުތަކުގެ ތެރެއިން ދެވަނަ އަށް އެންމެ ގިނަބަޔަކަށް މިބަލި ޖެހުނު ގައުމަކަށް އަދިވެސް އޮތީ އިންޑިއާއެވެ. މި ލިސްޓުގެ އެއްވަނައިގައި ހިމެނެނީ އެމެރިކާއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން