ގދ. ތިނަދޫ, ތޭންކު، ޒިޔާދާ ނައީމްގެ މަރުގެ މައްސަލައިގައި އޭނާގެ ކުރީގެ ފިރިމީހާގެ މައްޗަށް ކުށް ސާބިތުވާކަމަށް ހައިކޯޓުން ޙުކުމް ކޮށްފިއެވެ.
ޖިންސީ އަދި ޖިސްމާނީ އަނިޔާތަކުގެ ސަބަބުން މަރުވި, ޒިޔާދާ ނައީމްގެ މަރުގެ މައްސަލައިގައި ޝާހުގެ މައްޗަށް ކުށް ސާބިތު ނުވާ ކަމަށް މާޗް މަހުގެ 21 ވަނަ ދުވަހު ކްރިމިނަލް ކޯޓުން ވަނީ ޙުކުމް ކޮށްފައެވެ. މިމައްސަލަ ހައިކޯޓުގައި ދަޢުލަތުން އިސްތިއުނާފް ކުރުމުން އެމައްސަލާގައި މިއަދު ބޭއްވި ޝަރީއަތުގެ އަޑުއެހުމުގައި ފަނޑިޔާރުން ވަނީ ޝާހު 3 އަހަރަށް ޖަލަށް ލުމަށް ޙުކުމް ކޮށްފައެވެ.
ޒިޔާދާގެ ކުރީގެ ފިރިމީހާ ގދ. ތިނަދޫ، ޖަވާހިރުމާގޭ ދެކުނު، އިބްރާހިމް ޝާހުގެ މައްޗަށް ދައުލަތުން އުފުލީ ހަތަރު ދައުވާ އެކެވެ. އެއީ ފިރިމީހާ, އަނބިމީހާ ރޭޕް ކުރުމުގެ ދައުވާ އާއި މީހަކު މަރުވެ ދިއުމުގެ ފަރުވާ ކުޑަ އަމަލެއް ކުރުމުގެ ދައުވާ އާއި މީހަކު މަރުވެ ދިއުމުގެ އިހުމާލުގެ އަމަލެއް ކުރުމުގެ ދައުވާ އާއި އޮރިޔާން ކާޑު ގެންގުޅުމުގެ ދައުވާ އެވެ.
މި މައްސަލައިގައި ޝާހުގެ މައްޗަށް ވަނީ އަނބިމީހާ ރޭޕް ކުރުމުގެ ދައުވާ ސާބިތުވެ އެ ކުށާ ގުޅިގެން ދެވޭ އެންމެ މަތީ އަދަބު ކަމަށްވާ 3 އަހަރުގެ ޖަލު ޙުކުމެއް އިއްވާފައެވެ. މިއީ އަނބިމީހާ ރޭޕް ކުރުމުގެ ކުށް ފިރިއެއްގެ މައްޗަށް ރާއްޖޭގެ ކޯޓަކުން ސާބިތުވި ފުރަތަމަ ފަހަރެވެ. ފިރިމީހާގެ ފަރާތުން ލިބުނު ޖިންސީ އަނިޔާތަކެއްގެ ސަބަބުން ޒިޔާދާ ނިޔާވީ 2015 ވަނަ އަހަރުގެ ޑިސެންބަރު 28 ވަނަ ދުވަހު އެވެ.

ކިޔުންތެރިންގެ ހިޔާލު