ޅ.ހިންނަވަރު ބޮޑުހިޔާގޭ، އަދުހަމް މުޙައްމަދު
ޅ.ހިންނަވަރު ބޮޑުހިޔާގޭ، އަދުހަމް މުޙައްމަދު
ޓެކްސީ ޑްރައިވަރު ގާސިމް ހަސަން މަރާލިކަމަށް މީގެ ކުރިން ޝަރީޢަތުގައި އެއްބަސްވި ނަމަވެސް ފަހުން އެކަމަށް އިންކާރު ކޮށްފައިވާ އަދުހަމް މުހައްމަދަށް ވަކީލަކު ޢައްޔަން ކުރަން 5 ދުވަސް ކްރިމިނަލް ކޯޓުން ދީފިއެވެ.

މިދިޔަ އަހަރުގެ ޑިސެމްބަރ މަހުގެ 4 ވަނަ ދުވަހުގެ ރޭ، ހުޅުމާލޭގައި ޤާސިމް ޙަސަން މަރާލާފައި އޮއްވައި ފެނިފައިވާއިރު އެޢަމަލު ހިންގި ކަމަށް ޅ.ހިންނަވަރު ބޮޑުހިޔާގޭ، އަދުހަމް މުޙައްމަދު ވަނީ މީގެ ކުރިން ތަހުޤީޤުގައި އިޢުތިރާފް ވެފައެވެ. ގާސިމް މަރުވީ ބިރު ދައްކައިގެން ފޭރެން އުޅުމުގެ ތެރޭގައި ވަޅީގެ ހަމަލާއަކުން ކަމަށްބުނެ ދައުލަތާއެކު ކުށުގެ އިއުތިރާފް އެއްބަސްވުމެއްގައި އަދުހަމް ސޮއިވެސް ކުރިއެވެ. ނަމަވެސް މައްސަލާގެ އަވަސް ނިޔާގެ އަޑުއެހުމުގައި، އަދުހަމް ވަނީ ޤާސިމް ޙަސަން މަރާލިކަމަށް އިންކާރުކޮށްފައެވެ.

އޮންލައިންކޮށް މާފުށީ ޖަލުގައި އިނދެ މިއަދުގެ ޝަރިޢަތުގައި އަދުހަމް ވަނީ ދަޢުލަތުގެ ވަކީލާއެކު މައްސަލައާއިގެން ކުރިއަށްދާން ބޭނުން ނުވާކަމަށް ބުނެ އަމިއްލައަށް ވަކީލަކު އައްޔަނު ކުރުމަށް ފުރުސަތު ދިނުމަށް އެދިފައެވެ. އަދުހަމް ބުނީ މައްސަލައިގެ ތުހުމަތުގައި ޖަލުގައި ހޭދަކުރި ފަސް މަސް ދުވަހުގެ ތެރޭގައި ދަޢުލަތުން ހަމަޖައްސައިދިން ވަކީލާ އެއްވެސް މުޢާމަލާތެއް ކުރެވިފައި ނުވާކަމަށެވެ.

މި މައްސަލައާއި ގުޅިގެން، ދަޢުލަތުގެ ވަކީލް ވިދާޅުވީ، މައްސަލައަށް އެއް އަހަރުވާން ގާތްވެފައިވާ އިރު، ޤާސިމް ޙަސަންއަށް އިންސާފް ލިބިފައި ނުވުމަކީ ކަންބޮޑުވާ ކަމެއް ކަމަށާއި، އެހެންކަމުން މި މައްސަލައިގެ ޝަރީޢަތްފެށި، މައްސަލާގައި އަވަހަށް ގޮތެއް ކަނޑައަޅައިދެއްވުން އެދޭ ކަމަށެވެ. އަދި އަދުހަމަށްވެސް ވަކީލެއްގެ ފުރުސަތު ލިބެން ޖެހޭނެކަމަށް ޤަބޫލުކުރާ ކަމަށްވެސް ދަޢުލަތުގެ ވަކީލް ވިދާޅުވިއެވެ.

މިއަދުގެ އަޑުއެހުމުގައި މައްސަލަ ބައްލަވާ ޤާޟީ، އިޞްމާއިލް ރަޝީދު ވިދާޅުވީ، އަދުހަމަށް ދިން 5 ދުވަހުގެ ތެރޭގައި އޭނާ އަށް އަމިއްލަ އަށް ވަކީލަކު ހަމަނުޖެހިއްޖެނަމަ، ދަޢުލަތުގެ ފަރާތުން ވަކީލަކު ހަމަޖައްސައިގެން، މި މައްސަލަ ވީހާވެސް އަވަސް ކުރެވޭތޯ މަސައްކަތް ކުރައްވާނެ ކަމަށެވެ. ތޫނު އެއްޗަކުން ހަމަލާދީ ޓެކްސީ ޑްރައިވަރ، ޤާސިމް ޙަސަން ހުޅުމާލެ ރީތިގަސްމަގުގައި މަރާލާފައި އޮއްވާ ފެނިފައިވަނީ 2019 ޑިސެމްބަރ 4 ވަނަ ދުވަހުގެ 21:06 ހާއިރު އެވެ.


ކިޔުންތެރިންގެ ހިޔާލު


12

ިއިންމަ

02-Oct-2020

މިރާއްޖޭގަ މަރުގެ އިންސާފު ހޯދަންވީ އަމިއްލަޔަށް ބަދަލުހިފަންވީ



ޓްރެންޑިން