ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު
ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ހިންގި އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތުގެ ފައިސާއިން އެއްވެސް މިންވަރެއް ލިބިވަޑައިގެންފައި ނުވާ ކަމަށް ރައްޔިތުންގެ މަޖިލީޙުގެ ރައީސް، ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެއެވެ.

ރައީސް ނަޝީދު މިހެން ވިދާޅުވީ ކްރިމިނަލް ކޯޓުގައި އިއްޔެ ބޭއްވި އަޑުއެހުމުގައި ކުރީގެ ބައެއް ރައީސުންނަށް ވެސް އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ފައިސާ ދެވިފައިވާ ކަމަށް ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ވިދާޅުވި ވާހަކަ ތަކަށް އިޝާރަތް ކުރައްވައި މިއަދު ކުރެއްވި ޓުވީޓެއްގައެވެ.

ރައީސް ނަޝީދުގެ ޓުވީޓުގައި އިތުރު އެއްޗެއް ވިދާޅެއް ނުވެއެވެ. ހަމައެކަނި ވިދާޅުވެފައި ވަނީ، "އަޅުގަނޑު ތަކުރާރުކޮށް ދަންނަވަން، އެމްއެމްޕީއާރުސީގެ ފައިސާ އަޅުގަނޑަށް ލިބިފައެއް ނުވޭ" އެމްޑީޕީގެ ރައީސް، މުހަންމަދު ނަޝީދުގެ ޓްވީޓްގައި ވިދާޅުވެފައި ވެއެވެ.

ޝަރީއަތުގެ މަޖިލީހުގައި އަދީބު އިއްޔެ ވިދާޅުވެފައިވަނީ ކުރީގެ ސަރުކާރުގައި ސިޔާސީ ގޮތުން ނިންމަން ޖެހުނު ބޮޑެތި ނިންމުންތަކަށް ހިޔާނާތުގެ ފައިސާ ހޭޭދަކޮށްފައިވާ ކަމަށެވެ. މިި ގޮތުން ކޯޓުތަކުން ވަކި ހުކުމްތަކެއް ނެރުމަށާއި މަޖިލީހުން ވަކި ގޮތަކަށް ކަމެއް ފާސްކުރަން އެފައިސާ ހޭދަކުރި ކަމަށް އޭނާ ވިދާޅުވިއެވެ.

ކުރީގެ ރައީސުންގެ ތެރެއިން ބައެއް ބޭފުޅުންނަށާއި، ކޯޓުތަކުގެ ބައެއްް ފަނޑިޔާރުންނަށާއި، މަޖިލީހުގެ ގިނަ މެންބަރުންތަކަކަށާއި، ދައުލަތުގެ އެކި މުއައްސަސާތަކުގެ ބައެއް ވެރިންނަށް ޚިޔާނާތުގެ ފައިސާއިން ފައިސާ ދިން އިރު، ޚިޔާނާތުގެ ފައިސީއިން، ފައިސާ ނުލިބޭ ޕާޓީއެއް ވެސް ނޯންނާނެ ކަމަށް އަދީބު ވިދާޅުވިއެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އުފެއްދެވި ރިޔާސީ ކޮމިޝަނުންނާއި، އެންޓި ކޮރަޕްޝަން ކޮމިޝަނާއި، ފުލުހުންނާއި، ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީސް ގުޅިގެން އެމްއެމްޕީއާރުސީގެ މައްސަލަ އަދިވެސް ދަނީ ތަހުގީގް ކުރަމުންނެވެ. އެސެޓް ރިކަވަރީ ކޮމިޝަނުން ހާމަކޮށްފައިވާގޮތުގައި އެމްއެމްޕީއާރުސީގެ ޚިޔާނަތުން ގެއްލުނު ފައިސާ ތިން ބިލިއަން ރުފިޔާ އަށް އަރައެވެ.


ކިޔުންތެރިންގެ ހިޔާލު


-7

މާ އައްޅޮ

06-Oct-2020

އަޅުގަނޑު ތަކުރާރުކޮށް ބުނަން، ޚިޔާނާތުގެ ފައިސާއެއްގަ ދުވަހަކުވެސް އަޅުގަނޑު ނުޖެހެން



ޓްރެންޑިން