ރަށްރަށުގެ ތަރައްގީއަށް ސަރުކާރުގެ ކެންޑިޑޭޓުންނަށް ވޯޓު ދޭން ޖެހޭ އެއްވެސް ސަބަބެއް ނެތް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހުޅުމާލެ ދާއިރާގެ ކުރީގެ މެންބަރު އަދި ލާމަރުކަޒީ ކޮމެޓީގެ ކުރީގެ މުގައްރިރު އަލީ ނިޔާޒު ވިދާޅުވެއްޖެ އެވެ.
ނިޔާޒު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ލާމަރުކަޒީ ގާނޫނުގެ އަސްލު ރޫހަކީ ސަރުކާރަށް ބަރޯސާ ނުވެ، ރައްޔިތުން އަމިއްލައަށް ފާސްކޮށްފައިވާ ތަރައްގީގެ ޕްލޭންތައް ތަންފީޒުކުރުން ކަމަށެވެ. އަދި ރަށްވެހި ޚިދުމަތްތައް ތަރުތީބުކޮށް ހިންގުމަކީ ލާމަރުކަޒީ ނިޒާމުގެ ތެރެއިން ކައުންސިލްތަކަށް ލިބިދީފައިވާ ބާރެއް ކަމަށް ނިޔާޒް ފާހަގަކުރެއްވި އެވެ.
ނިޔާޒު އިތުރަށް ވިދާޅުވީ، ރަށްތަކުގެ ތަރައްގީއަށް ސަރުކާރުގެ ކެންޑިޑޭޓުންނަށް ވޯޓު ދޭން ނުޖެހޭކަން އައްޑޫ ސިޓީ، ފުވައްމުލަކު ސިޓީ، އަދި ކުޅުދުއްފުށި ސިޓީގެ ތަޖުރިބާއިން ވަރަށް ސާފުކޮށް އެނގެން އޮތް ކަމަށެވެ. މި ތިން ސިޓީގައި މިހާރު ތިއްބެވީ އިދިކޮޅު އެމްޑީޕީއަށް ނިސްބަތްވެވަޑައިގަންނަވާ މޭޔަރުންނެވެ.
ނިޔާޒް މިހެން ވިދާޅުވެފައިވަނީ ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބުގައި، ބާރު ސްޕީޑްގައި ތަރައްގީ ގެނައުމަށް ޕީއެންސީ ގެ ކެންޑިޑޭޓުން އިންތިހާބު ކޮށްދިނުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އެދިވަޑައިގެންފައި ވަނިކޮށެވެ.
ޕީއެންސީ ގެ ޖަގަހަ ހުޅުވުމަށް ބޭއްވި ހަފުލާގައި ވާހަކަ ދައްކަވަމުން ރައީސް މުއިއްޒު ވިދާޅުވީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މަޝްރޫއުތައް ބާރު ސްޕީޑްގައި ކުރިއަށް ގެންގޮސް ފުރިހަމަ ކުރެވޭނީ އަންނަ އޭޕްރީލް ހަތަރު ވަނަ ދުވަހު އޮންނަ ލޯކަލް ކައުންސިލް އިންތިހާބުގައި ސަރުކާރު ކެންޑިޑޭޓުން ހޮވައިގެން ކަމަށެވެ. އިދިކޮޅު ކެންޑިޑޭޓުން ހޮވައިފިނަމަ ތަރައްގީއަށްޓަކައި ސަރުކާރުން ފަށާފައިވާ މުހިންމު މަސައްކަތްތައް މަޑުޖެހި، މާލެ، އައްޑޫ، ފުވައްމުލައް އަދި ތިނަދޫ ފަދަ ސިޓީތަކުގެ ތަރައްގީ މަޑުޖެހޭނެ ކަމަށް ރައީސް މުއިއްޒު ވިދާޅުވި އެވެ.
ރައީސް މުއިއްޒުގެ ސަރުކާރަށް ދެ އަހަރު ވެގެން ދިޔަ އިރު، ހަގީގީ މާނައިގައި ތަރައްގީގެ އެއްވެސް މަޝްރޫއެއް ރާއްޖޭގެ އެއްވެސް ހިސާބެއްގައި ނުހިނގާކަން ރައްޔިތުން ފާހަގަކުރެ އެވެ. މަޖިލީހާއި ޖުޑީޝިއަރީ ރައީސް މުއިއްޒު ބޭނުންފުޅުވާ ގޮތަށް އަތުރާލެއްވުމަށްފަހު އެމަނިކުފާނު މިހާރު މަސައްކަތް ކުރައްވަނީ ރައްޔިތުންނަށް ބިރު ދައްކައިގެން ވިޔަސް ލޯކަލް ކައުންސިލް އިންތިހާބު ކާމިޔާބު ކުރަން ކަމަށް އިދިކޮޅު ފަރާތްތަކުން ތުހުމަތު ކުރެ އެވެ.

ކިޔުންތެރިންގެ ހިޔާލު