ބީއެމްއެލް ރަން ފުރުސަތު ޕްރޮމޯޝަން-
ބީއެމްއެލް ރަން ފުރުސަތު ޕްރޮމޯޝަން-
ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން މިއަހަރުގެ ރޯދަ މަހާ ދިމާކޮށް 'ރަން ފުރުޞަތު' 2026 ގެ ނަމުގައި ޚާއްޞަ ޕްރޮމޯޝަނެއް ފަށައިފިއެވެ.

މި ޕްރޮމޯޝަން ކުރިއަށްދާނީ ފެބްރުއަރީ މަހުގެ 10 ވަނަ ދުވަހުން ފެށިގެން މާރޗް މަހުގެ 16 ވަނަ ދުވަހުގެ ނިޔަލަށެވެ.

ބީއެމްއެލުން ބުނީ މި މުއްދަތުގެ ތެރޭގައި ޕްރޮމޯޝަނުގައި ބައިވެރިވެވޭނީ ޕްރޮމޯޝަނުގައި ހިމެނޭ ފިހާރަތަކުން ބީއެމްއެލްގެ ކާޑު މެޝިން، ކިއުއާރު ކޯޑު ނުވަތަ ބީއެމްއެލް ޕޭމަންޓް ގޭޓްވޭ މެދުވެރިކޮށް ވިޔަފާރިކޮށްގެން ކޮންމެ ހަފްތާއަކު އިނާމު ހޯދުމުގެ ފުރުސަތު އަދި، ޕްރޮމޯޝަން ލިބުމުން ބޮޑު އިނާމު ހޯދުމުގެ ފުރުސަތު ލިބޭނެ ކަމަށެވެ.

މި ޕްރޮމޯޝަންގައި މާލޭގެ އިތުރުން އައްޑޫ އާއި ފުވައްމުލަކުގެ ބައެއް ފިހާރަތައް ވެސް ހިމެނޭއިރު، އެ ފިހާރަތަކުގެ މައުލޫމާތު ބީއެމްއެލްގެ ވެބްސައިޓުން ލިބޭނެއެވެ.

މި ޕްރޮމޯޝަނުގެ ދަށުން ކޮންމެ ހަފްތާއަކު 5 ނަސީބުވެރިއަކަށް 2،000 ރުފިޔާގެ ގިފްޓް ކާޑެއް ލިބޭނެއެވެ. މި ގުރުއަތުގައި ބައިވެރިވެވޭނީ ކޮންމެ ހަފްތާއަކު މަދުވެގެން 500 ރުފިޔާގެ ވިޔަފާރިކުރާ ފަރާތްތަކަށެވެ.

ޕްރޮމޯޝަން ނިމުމުން ހޮވޭ އެންމެ ނަސީބުވެރި ފަރާތަކަށް ބޮޑު އިނާމުގެ ގޮތުގައި 100،000 ރުފިޔާގެ ގިފްޓް ކާޑެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ.

ބޮޑު އިނާމުގެ ގުރުއަތުގައި ބައިވެރިވެވޭނީ ޕްރޮމޯޝަންގެ މުއްދަތުގައި ޖުމްލަ 10،000 ރުފިޔާގެ ވިޔަފާރިކުރާ ކަސްޓަމަރުންނަށެވެ.



ކިޔުންތެރިންގެ ހިޔާލު