ޒިޔާދާގެ ދަރިން - ޒިދާން، ޒިދާން އަދި ޒިއުނީ
ޒިޔާދާގެ ދަރިން - ޒިދާން، ޒިދާން އަދި ޒިއުނީ
ޖިންސީ އަނިޔާ އާއި އަދި އިތުރު ޖިސްމާނީ އަނިޔާތަކެއްެގެ ސަބަބުން ޒިޔާދާ ނައީމް މަރުވި މައްސަލައިގައި ދައުލަތުން އޭނާގެ ފިރިމީހާ އިބްރާހިމް ޝާހް ތިން އަހަރަށް ޖަލަށް ލާން ޙުކުމް ކުރުމާއި އެކު ޒިޔާދާ އާއި ޝާހްގެ އެންމެ ހަގު ފިރިހެން ދަރިފުޅު، ޒިޔާން އިބްރާހިމް ގެއިން ނެރެލައިފިއެވެ.

އުމުރުން 20 އަހަރުގެ ޒިޔާން އޭނާގެ ބައްޕަ އާއި ދޮންމަންމަ އާއިއެކު ދިރިއުޅެމުން ދަނިކޮށް، ޒިޔާންގެ މަންމަ ރޭޕް ކުރި މައްސަލައިގައި ބައްޕަ ޖަލަށް ލުމަށް ކޯޓުން މިއަދު ޙުކުމް ކުރުމުން, ދޮންމަންމަ ވަނީ އޭނާ ގެއިން ނުކުތުމަށް އަންގާފައެވެ. މިއަދު ގެއިން ނެރުމުން ޒިޔާން މިހާރު ހުރީ ރަހުމަތްތެރިއެއްގެ ގޭގައި ކަމަށް ބައެއް މީޑިޔާ ތަކަށް މައުލޫމާތު ދެމުން ޒިޔާން ބުނެފައިވެއެވެ. ޒިޔާން ބައްޕަ އާއި ދޮންމަންމަ ކައިރީގައި ދިރިއުޅެމުން އައީ އޭނާ ރިސޯޓެއްގައި އަދާކުރަމުން އައި ވަޒީފާ ކޮވިޑް-19 އާއި ގުޅިގެން ގެއްލިގެންނެވެ.

ޒިޔާދާގެ ދަރިފުޅު ޒިޔާން ބުނީ މިއަދު ކުރި ހުކުމަކީ، އަނިޔާތަކުގެ ސަބަބުން މަރުވި މަންމަ އަށް އިންސާފު ލިބުނު ނިންމުމަކަށް ވިޔަސް އެ ހުކުމާ އެކު އަނެއްކާވެސް އިތުރު ހިތްދަތިކަމެއް ވެސް ލިބުނީ ކަމަށެވެ.

"މިއަދު ބުނެފި ގެއިން ނުކުންނާށޭ. ކޮންމެހެން ބައްޕަ ނުހުންނަ ތަނެއްގަ ޒިޔާނަކަށް ނުހުރެވޭނެއޭ. ދެން އައިސް ރައްޓެއްސެއްގެ ގޭގަ މިހުރީ." މީޑިޔާ އަށް މައުލޫމާތު ދެމުން އޭނާ ބުނެފައިވެއެވެ.

ޝާހްގެ މައްޗަށް ކުށް ސާބިތު ކުރުމުގައި އޭނާގެ ދަރިންނަށް އެ ހާދިސާއާ ބެހޭ ގޮތުން ދެއްކި ވާހަކަތަކާއި ކޮށްފައިވާ މެސެޖުތައް ހެކީގެ ގޮތުގައި ހައިކޯޓުން މިއަދު ވަނީ ބަލައިގެންފަ އެވެ.

ޒިޔާދާގެ ދޮށީ ދަރިފުޅު ޒިދާން އިބްރާހިމް ހުސައިން ވަނީ މިއަދު އިއްވި ޙުކުމާއި ގުޅިގެން ހިތްހަމަޖެހުން ފާޅުކޮށްފައެވެ. ޒިދާން ބުނީ ތިން އަހަރު ދުވަހަކީ ކުޑަ ޙުކުމެއް ކަމަށާއި ނަމަވެސް މިއީ އިންސާފުގެ ފެށުން ކަމަށް ވާނެ ކަމަށް އުއްމީދު ކުރާކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު


8

ކިޔުން ތެރިޔާ

04-Oct-2020

ޚަބަރެއް ލިޔާ އިރު ތިލިބުނު މަޢުލޫމާތަކީ ތެދު މައުލޫމާތެއްތޯ ކަށަވަރު ކޮށްލުން ރަގަޅު.


5

މަރިީ

04-Oct-2020

ނޫހުގަ ހަބަރެއް ޖަހާއިރު ރަނގަޅައް މައުލޫމާތު ސާފުކޮއްފަ ތެދުހަބަރު ޖަހާބަ.😡



ޓްރެންޑިން