ކުރީގެ ހައުސިން މިނިސްޓަރު ޑރ.މުހަންމަދު މުއިއްޒު
ކުރީގެ ހައުސިން މިނިސްޓަރު ޑރ.މުހަންމަދު މުއިއްޒު
ހުޅުމާލެ ދެވަނަ ފިޔަވަހިން ދޭ ފްލެޓްތަކަށް ޝަރުތު ހަމަވިޔަސް، ފްލެޓް ނުލިބޭނެ 4،025 މީހުންގެ ނަން ސަރުކާރުން އާންމުކުރި ލިސްޓުގައި އެބައޮތް ކަމަށް ކުރީގެ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެއެވެ.

ހުޅުމާލެ ދެވަނަ ފިޔަވަހީގައި ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމުގެ ސަރުކާރުގައި ބިނާކުރި ފްލެޓް މަޝްރޫއު ހިންގުމުގައި އެންމެ އިސް ދައުރެއް އަދާކުރެއްވި ޑރ. މުއިއްޒު ވިދާޅުވީ ދޭނީ ކިތައް ފްލެޓްކަން ބަޔާންކޮށް މި ސަރުކާރުން އިއުލާންކޮށްފައިވާ ކަމަށާއި ނަމަވެސް ދާދި ފަހުން އާންމުކުރި ލިސްޓުތަކުގެ ސަބަބުން "ރައްޔިތުންނަށް ވަރަށް ބޮޑަށް މިކަން އޮޅޭކަމުގެ މައުލޫމާތު ލިބޭ" ކަމަށެވެ.



މުއިއްޒު ވިދާޅުވީ ފްލެޓް ނުލިބޭ 4،025 މީހުން ތިބީ ހަތަރު ކެޓަގަރީއެއްގެ ލިސްޓުގައި ކަމަށެވެ. ޑރ. މުއިއްޒު ވިދާޅުވީ މި ސަރުކާރުން އިއުލާންކޮށްފައިވާ "ޝަރުތު ހަމަވާ މީހުންގެ ލިސްޓު"ގެ ތަފާތު ހަތް ކެޓަގަރީއަށް ދޭނެ ކަމަށް ކަނޑައަޅާފައި ވަނީ ޖުމްލަ 5،000 ފްލެޓް ކަމަށެވެ. އެ ފްލެޓްތައް ލިބޭނީ ކޮންމެ ކެޓަގަރީއަކުން ވެސް އެންމެ ކުރީގައި ނަން އޮތް މީހުންގެ ތަރުތީބުން، ކަނޑައެޅިފައިވާ އަދަދާ ހަމައަށް ކަމަށް ވިދާޅުވެ، ތަރުތީބު ނަންބަރުތަކެއް ވެސް ޑރ. މުއިއްޒު ހާމަކުރެއްވިއެވެ.



އެގޮތުން އެޗް8 ކެޓަގަރީގެ ލިސްޓުގައި 1773 ވަނަ އިން ފެށިގެން ދަށުގައި، ލިސްޓުގައިވާ ހުރިހާ ބޭފުޅުންނަކީ ފްލެޓް ނުލިބޭ ބޭފުޅުން، ޑރ. މުއިއްޒު ވިދާޅުވިއެވެ.

"މި ސަރުކާރުން ލިސްޓުތައް އާންމުކުރަމުން ދާގޮތުން ("ޝަރުތު ހަމަވާ" މީހުންގެ ލިސްޓުގެ ނަމުގައި) ރައްޔިތުންނަށް ވަރަށް ބޮޑަށް މިކަން އޮޅޭކަމުގެ މައުލޫމާތު ލިބޭ." އަންނަ ލޯކަލް ކައުންސިލް އިންތިޚާބުގައި މާލޭގެ މޭޔަރު ކަމަށް ވާދަކުރައްވާ ޑރ.މުއިއްޒު ކުރެއްވި ޓުވީޓްގައިވެއެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ފްލެޓަށް "ޝަރުތު ހަމަވާ މީހުންގެ ލިސްޓު" އާންމުކޮށްފައިވަނީ ޑރ. މުއިއްޒުގެ ދައުރުގައި އިއުލާންކޮށް، ލިއުން ދީފައިވާ "ޝަރުތު ހަމަވާ މީހުންގެ ލިސްޓު" އަލުންބަލުން ބަލައި، ގޭގެއަށް ގޮސް ދިރިއުޅުމުގެ ހާލަތު ވެސް ބަލައިފައި ކަމަށް ފުލެޓް ކޮމެޓީން ވަނީ ހާމަކޮށްފައެވެ.

މި ސަރުކާރުން އާންމުކުރި ލިސްޓުގައި، ބައެއް މީހުންނަށް ވަނީ ކުރިއަށްވުރެ ޕޮއިންޓު އިތުރުވެ، އަނެއް ބަޔަކަށް ދަށްވެފައިވާއިރު ކުރީގެ ސަރުކާރުން ފުލެޓް ދިން ބައެއް ފަރާތްތަކުގެ ޝަރުތު ހަމަނުވާ ކަމަށް މި ސަރުކާރުން ވަނީ ނިންމާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން