އިޓަލީ
އިޓަލީ
މިއަހަރުގެ އޭޕްރިލް މަހަށްފަހު، 2،548 މީހުން ކޯވިޑް-19އަށް ޕޮޒިޓިވްވެ، އެއްދުވަހުގެތެރޭގައި އިޓަލީގައި އެންމެ ގިނަބަޔަކު ބައްޔަށް ޕޮޒިޓިވްވެފައިވަނީ ބުރާސްފަތިދުވަހު ކަމަށް ފަހުގެ ރިޕޯޓުތައްދައްކައިފިއެވެ.

އިޓަލީގެ ކަމާބެހޭ އިދާރާތަކުން ބުނާ ގޮތުގައި މިއީ ބުރާސްފަތި ދުވަހު ގިނަބަޔަކު ކޯވިޑަށް ޓެސްޓު ކުރެވިފައިވާތީ ލިބިފައިވާ ނަތީޖާއެކެވެ. ލަފާ ކުރެވޭގޮތުގައި ބުރާސްފަތި ދުވަހު 118،000 މީހުން ކޮވިޑް-19 އަށް ޓެސްޓު ކުރެވިފައިވެއެވެ.

ޔޫރަޕުގެ ގައުމުތަކުގެ ތެރެއިން ކޮވިޑް-19 އެންމެ ފުރަތަމަ ފެތުރިގެން ދިއައީވެސް އިޓަލީގައެވެ. އިޓަލީގައި ކޮވިޑް-19 ފެތުރިގެން ދިޔަހަލުވިކަމާއެކު، ގައުމުގައި ރައްކާތެރި ކަމުގެ ފިޔަވަޅުތައް އަޅައި، ބަލި ފެތުރުން ކޮންޓްރޯލް ކުރުމަށް ލޮކްޑައުންގެ ހާލަތު ގެނެވި، އާންމު ތަންތަނުގައި މާސްކް އެޅުމަށްވެސް ވަނީ މަޖުބޫރުކޮށްފައެވެ.

ނަމަވެސް، 6 މަސްދުވަހުގެ ލޮކްޑައުން އައް ލުއެއް ދިނުމުގެ ގޮތުން، ސެޕްޓެމްބަރު މަހު މެދުތެރޭގައި، އިޓަލީގެ ސުކޫލްތައް ހުޅުވައި ކިޔެވުން ފަށާފައިވެއެވެ.

އިޓަލީގެ އެންމެ ފަހުގެ ރިޕޯޓުތައް ދައްކާގޮތުގައި އެގައުމުގެ 317،409 މީހުންނަށް ވަނީ ކޮވިޑް-19 ޖެހިފައެވެ. އަދި މިހާތަނަށް މިބަލި ޖެހިގެން 35،918 މީހަކު އިޓަލީއިން މަރުވެފައިވެސްވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން