އިނގިރޭސިވިލާތުގެ ބައެއް ސަރަހައްދުތަކުން 2 މިލިއަނަށްވުރެ ގިނަ މީހުންނަށް ލޮކްޑައުންގެ މުއްދަތު އިތުރުކޮށްފައިވާކަމަށް އިނގިރޭސިވިލާތުގެ ހެލްތު ސެކްރެޓަރީ މެޓް ހޭންކޮކް ހާމަކުރަށްވައިފިއެވެ.

އިނގިރޭސިވިލާތުގެ މަރސޭސައިޑް، ވޮރިންގޓޮން އަދި ޓީސައިޑް ގައި ލޮކްޑައުންގެ މުއްދަތު އިތުރުކޮށް ރައްކާތެރި ކަމުގެ ފިޔަވަޅުތައް ވަނީ ވަރުގަދަކޮށްފައެވެ. އިނގިރޭސިވިލާތުގެ ހެލްތު ސެކްރެޓަރީ ވިދާޅުވީ މިއީ އިނގިރޭސިވިލާތުގެ އިރު-އުތުރު ސަރަހައްދުތަކުން ކޮވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުމަށް އަޅާފައިވާ ފިޔަވަޅެކެވެ.

ނަމަވެސް މިލޮކްޑައުންގެ މުއްދަތު އިތުރު ކުރުމުން، އެސަރަހައްދުތަކަށް ނިސްބަތްވާ ސިޔާސީ ވެރިންގެ ފަރާތުން، އިނގިރޭސިވިލާތުގެ ސަރުކާރަށް ފާޑުކިއުން އަމާޒުވެ، ލޮކްޑައުންގެ މުއްދަތު އިތުރުކުރާނަމަ ފައިސާގެ އެހީތެރިކަމަށް ބޭނުންވާކަމަށް ގޮވާލާފަވެއެވެ.

އިނގިރޭސިވިލާތުގެ އެންމެ ފަހުގެ ރިޕޯޓުތައް ދައްކާގޮތުގައި އެގައުމުގެ 460،178 މީހުންނަށް ވަނީ ކޮވިޑް-19 ޖެހިފައެވެ. އަދި މިހާތަނަށް މިބަލި ޖެހިގެން 42،202 މީހަކު އިނގިރޭސިވިލާތުން މަރުވެފައިވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން