ފްރަންޓްލައިން އެލަވަންސް ހަމަހަމަކޮށް ނުދޭ މައްސަލައިގައި ހުޅުމާލޭ ހޮސްޕިޓަލްގެ ނަރުހުން މުޒާހަރާކުރަނީ
ފްރަންޓްލައިން އެލަވަންސް ހަމަހަމަކޮށް ނުދޭ މައްސަލައިގައި ހުޅުމާލޭ ހޮސްޕިޓަލްގެ ނަރުހުން މުޒާހަރާކުރަނީ
ހުޅުމާލޭ ހޮސްޕިޓަލުގެ ނަރުހުންގެ މަގާމު ދަށްކުރުމަށް އާ އޮނިގަނޑެއް ރައީސް އޮފީހަށް ފޮނުވައިފިއެވެ.

ފްރަންޓްލައިން އެލަވަންސް ހަމަހަމަކޮށް ނުދޭ މައްސަލައިގައި ހުޅުމާލޭ ހޮސްޕިޓަލްގެ ނަރުހުން އިހުތިޖާޖު ކުރިފަހުން މެނޭޖްމަންޓުން މީގެ ކުރިން ވޯޑްތަކުގެ ސީނިއަރ ވެރިންގެ މަގާމު ކުއްލިގޮތަކަށް ދަށްކޮށް ވަނީ ފިޔަވަޅު އަޅާފައެވެ. އެހެންނަމަވެސް އެކަމާ ގުޅިގެން ގިނަ ބައެއްގެ ފާޑުކިޔުން ހުޅުމާލޭ ހޮސްޕިޓަލާއި ސަރުކާރަށް އަމާޒުވުމުން އެ ނިއްމުން އަނބުރާ ގެންގޮސް މަގާމު ދަށްކުރުމަށް ނިއްމުނީ އޮޅިގެން ކަމަށް ބުނެ އެކަން މަގާމު ދަށްކުރި ނަރުހުންނަށް ވަނީ އަންގާފައެވެ.

އިހުތިޖާޖުގެ ފަހުން ހުޅުމާލެ ހޮސްޕިޓަލް ނަރުހުންނަށް އަމާޒުކޮށް އަނެއްކާވެސް މަޤާމު ދަށްކުރުމަށް މެނޭޖްމެންޓުން އިތުރު މަސައްކަތްތަކެއް ކުރަމުންދާ ކަމަށް ހުޅުމާލޭ ހޮސްޕިޓަލުގެ ނަރުހަކު "ރަސްއޮންލައިން" އަށް މައުލޫމާތުީދީފައި ވެއެވެ. މިގޮތުން ނަރުހުންގެ އޮނިގަނޑުގެ ނަމުގައި މޮޑިފައި އޮނިގަނޑެއް ތައްޔާރުކޮށް މިހާރު ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް ހުށަހަޅާފައިވާ ކަމަށް ނޫހަށް މައުލޫމާތު ދެއްވި ފަރާތުން ވިދާޅުވިއެވެ. މި އޮނިގަނޑު ފާސް ވެއްޖެނަމަ ސިވިލް ސަރވިސްގެ ސަރކިއުލަރ ނޯޓް ބުނެފައިވާ ގޮތަށް މުވައްޒަފުން ވަޒީފާގެ ކުރިއެރުމުން މަހުރޫމްވާނެ ކަމަށް ނަރުހަކު ވިދާޅުވިއެވެ.

"މި އޮނިގަނޑު ފާސްވެއްޖެނަމަ ވަކި ވަރަކަށް ކޮންމެ ވޯރޑަކަށް މަޤާމްތަކަށް އަދަދު ކަނޑައެޅިފައިވުމުން ކުރިއެރުން ލިބިފަތިބި މުވައްޒަފުންގެ މަޤާމް ގެއްލުމުގެ ބިރު އެބައޮތް. މީގެއިތުރުން ވޯޑް މެނޭޖަރުންގެ އަދަދު މަދުވެ ކޮންމެ ވޯޑް މެނޭޖަރަކަށްލިބޭ މުވައްޒަފުންގެ އަދަދު އެތައް ގުނައަކަށް އިތުރުވެގެންދާނެ." ހުޅުމާލޭ ހޮސްޕިޓަލުގެ ނަރުހުންގެ ކަންބޮޑުވުން ރަސް އޮންލައިން އާއި ހިއްސާކުރަމުން ވިދާޅުވެފައި ވެއެވެ.

ރަސްއޮންލައިން އަށް މައުލޫމާތު ލިބިފައިވާގޮތުގައި އާ އޮނިގަނޑު މޮޑިފައި ކުރުމަށްޓަކައި މުވައްޒަފުންގެ ހިޔާލު ހޯދުމަށް ބޭއްވި ބައްދަލުވުމުގައި ހުޅުމާލޭ ހޮސްޕިޓަލުގެ މުވައްޒަފުން ވަރަށް ބޮޑަށް ހިތްހަމަނުޖެހުން ފާޅުކޮށް އެކަމާ ވަރަށް ބޮޑަށް ދެކޮޅު ހަދާފައިވެއެވެ. އެހެން ނަމަވެސް ހުޅުމާލޭ ހޮސްޕިޓަލުގެ މެނޭޖްމަންޓުން ރައީސް އޮފީހަށް އޮނިގަނޑު ފޮނުވާފައިވާތީ އެކަމުގައި މިހާރު ދެން ކުރެވޭނެ ކަމެއް ނެތް ކަމަށް މުވައްޒަފުންނަށް ވަނީ އަންގާފައެވެ. މިމައްސަލައިގައި ހުޅުމާލޭ ހޮސްޕިޓަލުގެ މެނޭޖްމަންޓްގެ ބަހެއް "ރަސްއޮންލައިން" އަށް އަދި ލިބޭގޮތެއް ނުވެއެވެ.


ކިޔުންތެރިންގެ ހިޔާލު


24

ރާއީ

04-Oct-2020

ވަރަށް ދަށް ފެންވަރުގެ އަމަލުތަކެއް މިހާރު މެނޭޖްމަންޓް ކުރަމުން ދަނީ. އެ އޮނިގަނޑިގެ ދަށުން ޕްރޮމޯޝަނެއްވެސް ނުލިބޭ. ހަމަ އިސްތިއުފާއޭ ބުނާނީ.


7

ތިމަންނަ

04-Oct-2020

ހުޅުމާލެ ހޮސްޕިޓަލުގެ އިދާރީ އިސްމީހަކަށް ހުރީ "ބީފާނެއްތަ ނުވަތަ ތައްޚާނެތްތަ"


2

ޙެޔޮ ހެޔޮ ެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެއެދޭ ފަރާތެއް

04-Oct-2020

ވޯޑް މެނޭޖަރުންގެ އަދަދު މަދުވެ ކޮންމެ ވޯޑް މެނޭޖަރަކަށްލިބޭ މުވައްޒަފުންގެ އަދަދު އެތައް ގުނައަކަށް އިތުރުވެގެން ދިއުމަކީ ބަލިމީހުންނައް ފޯރުކޮއްދެވޭ ހިދްމަތް ތަކުގެ ފެންވަރު ބޮޑުތަނުން ދަށްވެގެންދާނެ ކަމެއް ކަމުގައި ހިތާމަ އާއި އެކު ދަންނަވަން


14

ޙެޔޮ ހެޔޮ ެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެއެދޭ ފަރާތެއް

04-Oct-2020

ވޯޑް މެނޭޖަރުންގެ އަދަދު މަދުވެ ކޮންމެ ވޯޑް މެނޭޖަރަކަށްލިބޭ މުވައްޒަފުންގެ އަދަދު އެތައް ގުނައަކަށް އިތުރުވެގެން ދިއުމަކީ ބަލިމީހުންނައް ފޯރުކޮއްދެވޭ ހިދްމަތް ތަކުގެ ފެންވަރު ބޮޑުތަނުން ދަށްވެގެންދާނެ ކަމެއް ކަމުގައި ހިތާމަ އާއި އެކު ދަންނަވަން



ޓްރެންޑިން