އެމެރިކާގެ ރައީސް ޓްރަންޕްއާއި އޭނާގެ އަނބިކަބަލުން މިލާނިއާ ޓްރަންޕް
އެމެރިކާގެ ރައީސް ޓްރަންޕްއާއި އޭނާގެ އަނބިކަބަލުން މިލާނިއާ ޓްރަންޕް
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަންޕާއި އޭނާގެ އަނބިކަބަލުން މިލީނާ ޓްރަންޕް ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެއެވެ.

އެމެރިކާގެ ރައީސް ޓްރަންޕް އެކަން ހާމަ ކުރައްވާފައިވަނީ ދާދި މިއަދު ކުރެއްވި ޓްވީޓެއްގައެވެ. އެގޮތުން ރޭގެ ވަގުތެއްގައި އެދެކަނބަލުން ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާތީ، ދެކަނބަލުން ކަރަންޓީންވުމާއި ފަރުވާ ހޯދުމުގެ ކަންކަން ވަގުތުން ފަށާނެކަމަށްވެސް ޓްރަމްޕް ވިދާޅުވިއެވެ.

ޓްރަމްޕް ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވަނީ ޓްރަމްޕްގެ އިސް އެހީތެރިއެއް ކަމަށްވާ ހޯޕް ހައިކްސް ކޮވިޑް-19 އަށް ޕޮޒިޓިވްވުމުން އަމިއްލައަށް ކަރަންޓީނުގައި ހުންނަވަނިކޮށެވެ. ހޯޕް ވަނީ މިހަފްތާގައި ޓްރަމްޕް އާއި އެކު ބައެއް ދަތުރުތަކުގައި ބައިވެރިވެ ވަޑައިގެންފައެވެ. އޭގެ ތެރޭގައި ރިޔާސީ ބަހުސްގައި ބައިވެރިވެ ވަޑައިގެންނެވުމަށް ޓްރަމްޕް އަންގާރަ ދުވަހު "އެއާފޯސް ވަން" ގައި ކުރެއްވި ދަތުރުފުޅު ވެސް ހިމެނެއެވެ.

އަދި ބުދަ ދުވަހު އެނބުރި ވައިޓްހައުސް އަށް މެރިން ވަން ހެލިކޮޕްޓަރުގައި ޓްރަމްޕް ދަތުރު ކުރެއްވިއިރު ވެސް ހޯޕް އެދަތުރުގައި ބައިވެރިވެ ވަޑައިގެންނެވި ކަމަށް ރިޕޯޓްތައް ބުނެ އެވެ. ޢުމުރުފުޅުން މިހާރު 74 އަހަރަށްވުރެ މައްޗަށް ގޮސްފައިވާ ޓްރަންޕް ހިމެނެނީ މިބަލީގެ ރިސްކް ބޮޑު މީހުންގެ ތެރޭގައެވެ.

އެމެރިކާއިން އެކަނިވެސް ދެލައްކައަށް ވުރެ ގިނަ މީހުން މިހާތަނަށް މިބަލީގައި މަރުވެފައިވާ އިރު،  ބަލީގައި ސީރިއަސް ހާލަތަށް ގޮސް ގިނައިން ނިޔާވެފައި ވަނީ ވެސް އުމުރުން ދުވަސްވީ މީހުންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން