ޕީއެންސީގެ ނާއިބް ރައީސް އާދަމް ޝަރީފް އުމަރު
ޕީއެންސީގެ ނާއިބް ރައީސް އާދަމް ޝަރީފް އުމަރު
އިންޑިޔާ އިން ރާއްޖޭގައި އަސްކަރީ ހަރަކާތްތަށް ހިންގުން އިތުރުކުރާނަމަ ކުރިއަށް އޮތްތާގައި ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދު ދަށައްދާނެ ކަމަށާއި، އެކަމުގެ ސަބަބުން އިގްތިސާދަށް ހީނުކުރާވަރުގެ ގެެއްލުން ލިބޭނެ ކަމަށް ޕީއެންސީގެ ނާއިބް ރައީސް އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ.

ޕްރޮގުރެސިވް ކޯލިޝަން އިން ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ކުރީގެ ޑިފެންސް މިނިސްޓަރު އަދި ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް އުމަރު ވިދާޅުވީ، އިންޑިޔާ އިން ރާއްޖޭގައި އަސްކަރީ ހަރަކާތްތަށް ހިންގުމަކީ ކަންބޮޑުވެ ވަޑައިގަންނަވާ ކަމެއް ކަމަށެވެ. ރާއްޖޭގައި އިންޑިޔާ އިން އަސްކަރީ ހަރަކާތްތައް އިތުރުކުރާނަމަ ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދު ދަށައްދާނެ ކަމަށް އާދަމް ޝަރީފް ވިދާޅުވިއެވެ.

"ނަފުރަތާއި ރުޅިވެރިކަން އަޅުގަނޑުމެންގެ ތެރޭގައި އުފެއްދުން ނޫން ސަބަބެއް އަޅުގަނޑަކަށް ނުވިސްނޭ، އިންޑިޔާގެ އަސްކަރީ ހަރަކާތްތައް ރާއްޖޭގައި ހިންގުމުގެ ދެވަނަ ބޭނުމެއް، މިތަނަކީ މުޅިން އަސްކަރީ ހަރަކާތް ހިންގާ ތަނަކަށް ބަދަލުވެ މިލިޓަރީ ޒޯނަކަށް ބަދަލުވެއްޖެ. އެހެން ކަމަށްވާނަމަ ދުނިޔޭގެ އުފަލާ ހިތްހަމަޖެހުމަށްޓަކައި ރާއްޖެ ޒިޔާރަތް ކުރާ ޓޫރިސްޓުން އައުން މަދުވާނ. ޚާއްސަގޮތެއްގައި ރާއްޖޭގެ ހިތްގައިމު ގޮނޑުދޮށްތަކުގައި އިންވެސްޓް ކުރާ މީހުން ދެން ވިސްނަމުންދާނީ އެ އިންވެސްޓް ކުރިކަމަށްވީ ނަމަވެސް ރާއްޖޭގައި ހިނގަމުންދާ ތަފާތު ހަމަނުޖެހުންތަކާއި އެކީގައި އެ އިންވެސްޓް ރިކަވާ ކުރެވޭ ވަރަށް މީހުން އަންނާނެތޯ." އާދަމް ޝަރީފް ވިދާޅުވިއެވެ.

ރާއްޖޭގެ ސިޔާދަތު ރައްކާތެރި ކުރެވޭނީ ބޭރު ގައުމެއްގެ އަޅުވެތި ކަމަށް ނުގޮސް ފުދުންތެރި ގައުމެއްގެ ގޮތުގައި ހިންގޭނެ ތަނަވަސް ކަމެއް ލިބިގެން ކަމަށް އާދަމް ޝަރީފް ވިދާޅުވިއެވެ. އެހެން ނަމަވެސް އެންމެ ގައުމަކަށް ސަރުކާރުން ބަރޯސާވަމުންދާތީ ގައުމު ހީނުކުރާ ވަރަށް ފަހަތަށް ސޮއްސާލައިފައިވާ ކަމަށާއި، ގައުމުގެ ކޮންމެ ދިމާލަކުން ވެސް ފެންނަނީ ބިރުވެރިކަން ކަމަށް އާދަމް ޝަރީފް ވިދާޅުވިއެވެ. އިންޑިޔާ ސިފައިންނާއެކު ޑޯނިއާ ފުލައިޓެއް ރާއްޖެއަށް ގެންނަން އުޅުމުން އެކަމާ ދެކޮޅު ހައްދަވައި، ހެލިކޮޕްޓަރުތަކާއި އެއާއެކު ރާއްޖޭގައި ތިބި އިންޑިޔާ ސިފައިން އަނބުރާ ގެންދިއުމަށް ކުރީގެ ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީނުގެ ސަރުކާރުން އެންގި ކަމަށް  އޭރުގެ ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން