މިހާރު ތައިލެންޑުގައި ކުރިއަށްދާ ސާފް އަންހެން ފުޓްސަލް ޗެމްޕިއަންޝިޕްގައި ރާއްޖެ ކުޅުނު ދެވަނަ މެޗުން ނޭޕާލް އަތުން 5-0 އިން ބަލިވެއްޖެ އެވެ.
މުބާރާތުގެ ފުރަތަމަ މެޗުގައި އިންޑިއާ އަތުން 11-1 އިން ބަލިވި ނަމަވެސް، މިއަދުގެ މެޗުގައި ރާއްޖޭގެ ޓީމުން ވަނީ ކުރީ މެޗަށް ވުރެ ރަނގަޅު ކުޅުމެއް ދައްކައި، ޑިފެންސިވް ގޮތުންނާއި އެޓޭކިން ގޮތުން ވެސް ރަނގަޅަށް ކުޅެފަ އެވެ.
ހުއަ މަކް އިންޑޯ ސްޓޭޑިއަމްގައި މިއަދު ކުޅުނު މި މެޗުގެ ފުރަތަމަ ހަތަރު މިނިޓުގައި ރާއްޖޭން ހިފަހައްޓާލި ނަމަވެސް، ނޭޕާލުން ވަނީ އެ ވަގުތުގެ ފަހުން ފުރަތަމަ ހާފުގައި ހަތަރު ލަނޑު ޖަހައިފަ އެވެ. މީގެ ތެރޭގައި ޕެނަލްޓީއަކުން ކާމިޔާބުކުރި ގޯލެއް ވެސް ހިމެނެ އެވެ. ރާއްޖޭގެ ކެޕްޓަން ފާތިމަތު ސާލިޔާ (ޝާ) އަށް ފުރަތަމަ ހާފުގައި ލަނޑު ޖަހާނެ ރަނގަޅު ފުރުސަތެއް ލިބުނު އިރު، އޭނާ ފޮނުވާލި ބޯޅަ ދިޔައީ ގޯލުގެ ދަނޑި ކައިރިން ބޭރަށެވެ.
ދެވަނަ ހާފުގައި ރާއްޖޭގެ ކުޅުންތެރިން އިތުރު އިތުބާރާ އެކު ކުޅެ، ގިނަ އެޓޭކްތަކެއް އުފެއްދި އެވެ. އެގޮތުން މަރިޔަމް ނޫރާ އާއި ރާނިޔާ އިބްރާހިމް ފޮނުވާލި ބޯޅަތައް ފާހަގަކޮށްލެވޭއިރު، ދެ ހަމަލާއެއް ގޯލުގެ ދަނޑިއަށް ވެސް އަމާޒުވި އެވެ. މީގެ އިތުރުން ރާއްޖޭގެ ގޯލު ބެލެހެއްޓި ފާތިމަތު ސައުޝަން ވަނީ ނޭޕާލްގެ ނުރައްކާތެރި ގިނަ ހަމަލާތަކެއް ދިފާއުކޮށް، މޮޅު ކުޅުމެއް ދައްކައިފަ އެވެ. ނޭޕާލުން އެ ޓީމުގެ ފަސްވަނަ ލަނޑު ކާމިޔާބުކުރީ މެޗުގެ ފަހުކޮޅުގަ އެވެ.
ލީގު އުސޫލުން ކުރިއަށްދާ މި މުބާރާތުގައި ރާއްޖޭގެ ތިންވަނަ މެޗުގައި އަންނަ ހޮނިހިރު ދުވަހު ނުކުންނާނީ ޕާކިސްތާނާ ދެކޮޅަށެވެ. އޭގެ ފަހުން މި މަހުގެ 21 އަދި 23 ވަނަ ދުވަހު ބޫޓާނާ ދެކޮޅަށް ދެ މެޗު ކުޅުމަށް ފަހު، ރާއްޖޭގެ ފަހު މެޗުގައި މި މަހުގެ 25 ވަނަ ދުވަހު ބައްދަލުކުރާނީ ސްރީ ލަންކާއާ އެވެ.

ކިޔުންތެރިންގެ ހިޔާލު