ރައީސް އިބްްރާހީމާއި ރައީސް ތްރަމްޕް
ރައީސް އިބްްރާހީމާއި ރައީސް ތްރަމްޕް
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާއި އަނބިކަބަލުންނަށް އަވަސް ޝިފާ އަކަށް ރައީސް އިބްރާހިމް މުހަންމަދު ސޯލިހް އެދިވަޑައިގެންފިއެވެ.

ރައީސް ޑޮނަލްޑް ޓްރަމްޕާއި އަނބިކަނބަލުން މެލޭނިއާ ކޮވިޑް19 އަށް ޕޮޒިޓިވްވީ ވައިޓްހައުސްގައި ޓްރަމްޕާއެކު ވަރަށް ގާތުން މަސައްކަތްކުރައްވާ އެޑްވައިޒަރެއް ކަމުގައިވާ ހޯޕް ހިކްސް ކޮވިޑް-19 އަށް ޕޮޒިޓިވް ވުމާއި ގުޅިގެން ހެދި ޓެސްޓްތަކުންނެވެ. ޓްރަމްޕްގެ ދެކަނބަލުން ޓެސްޓު ކުރެއްވުމުން ނަތީޖާ ޕޮޒިޓިވްވިކަން އެނގިވަޑައިގެންނެވުމާއެކު ޓްރަމްޕް ވަނީ އެކަން ޓްވިޓާގައި އިއުލާންކުރައްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާ ރައީސް ޓްރަމްޕާއި އަނބިކަނބަލުން މެލޭނިއާއަށް އެމަނިކުފާނާއި އަނބިކަނބަލުން ފަޒްނާ އަހްމަދުގެ ފަރާތުން ހެޔޮ ދުއާ ފޮނުއްވާ ކަމަށެވެ.

އަދި ޓްރަމްޕްގެ ދެކަނބަލުން ކޮވިޑް-19 އިން އަވަސް ޝިފާއަކަށް އެދިވަޑައިގަންނަވާ ކަމަށް ރައީސް އިބްރާހީމް ވިދާޅުވިއެވެ.

ކޮވިޑް-19 އަށް ޕޮޒިޓިވްވެ، ވައިޓްހައުސްގައި ކަރަންޓީނުވެވަޑައިގަންނަވަން ޖެހިވަޑައިގެންފައިވާއިރު، ޓްރަމްޕް ދެވަނަ ދައުރަކަށް އިންތިހާބުވެ ވަޑައިގެންނެވުމަށް ފައްޓަވާފައިވާ ރިޔާސީ ކެމްޕޭނަށް މިކަމުގެ ސަބަބުން ހުރަސް އެޅިގެންދާނެ ކަމަށް ރިޕޯޓްތައް ބުނެއެވެ. މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ބޭއްވި ޖާފަތެއްގައި ޓްރަމްޕް ވަނީ އެމެރިކާގައި ކޮވިޑް-19 ބަލިމަޑުކަން ނިމުމަކަށް އަންނަން އުޅޭކަމުގެ ކޮޅުމަތި ފެންނަން އުޅޭކަން ހާމަކުރައްވާފައެވެ.

ބަލީގެ ސަބަބުން މާ ބޮޑު ގެއްލުމެއް ނުވާކަމަށް ވިދާޅުވެ މާސްކް އެޅުމާ ދެކޮޅަށް ވަކާލާތުކުރެއްވި ޓްރަމްޕް އެމެރިކާގައި ބަލި ކޮންޓްރޯލުކުރުމުގައި ފެއިލްވެ ވަރަށް ބޮޑެތި ފާޑުކިޔުންތައްވެސް އަމާޒުވިއެވެ. އެމެރިކާއަކީ ކޮވިޑް-19 ގައި އެންމެ ގިނަ މީހުން ޕޮޒިޓިވްވެފައިވާ ގައުމު ކަން ފާހަގަކޮށްލެވެއެވެ. އެ ގައުމުން މިހާތަނަށް 7،494،671 މީހަކަށް ބަލި ޖެހިފައިވާއިރު، ބަލީގައި 212،660 މީހަކު ވަނީ މަރުވެފައެވެ


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން