ދިވެހިރާއްޖެއިން ރަޝިޔާ ފެޑެރޭޝަނަށް ކަނޑައެޅުއްވި އާ ނޮން-ރެސިޑެންޓް ސަފީރު، ލެފްޓިނަންޓް ޖެނެރަލް (ރިޓަޔަރޑް) ޢަބްދުއްރަހީމް ޢަބްދުއްލަތީފް، އެމަނިކުފާނުގެ ސަފީރުކަމުގެ ފަތްކޮޅު ރަޝިޔާގެ ރައީސް ލަޑީމިއަރ ޕޫޓިންއަށް މިއަދު އަރުވައިފިއެވެ. މި ރަސްމިއްޔާތު ބާއްވާފައިވަނީ މޮސްކޯގައި ހުންނަ ގްރޭންޑް ކްރެމްލިން ޕެލަސްގައެވެ.

މި ރަސްމިއްޔާތުގައި ސަފީރު ޢަބްދުއްރަހީމް ޢަބްދުއްލަތީފް ވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ފަރާތްޕުޅުން ރައީސް ޕޫޓިންއަށާއި، ރަޝިޔާ ސަރުކާރާއި އެ ޤައުމުގެ ރައްޔިތުންނަށް ހޫނު މަރުޙަބާއެއް ދަންނަވާފައެވެ.

ޢަބްދުއްރަހީމް ޢަބްދުއްލަތީފަކީ މިހާރުވެސް ތުރުކީވިލާތަށް ކަނޑައަޅާފައި ހުންނަވާ ދިވެހި ސަފީރެވެ. އެމަނިކުފާނު ރަޝިޔާގެ ނޮން-ރެސިޑެންޓް ސަފީރުގެ މަޤާމު އަދާކުރައްވަމުން ގެންދަވާނީ ތުރުކީގެ އަންކާރާގައި ހުންނަވައިގެންނެވެ.



ކިޔުންތެރިންގެ ހިޔާލު