ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު
ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު
ރާއްޖެ އަށް ޑިމްކޮރަސީ ގެންނަން ހިތްވަރު ލިބުނީ އިންޑިއާގެ މިނިވަން ކަމުގެ ބާނީ މަހާތުމާ ގާންދީގެ އުސޫލުތަކުގެ ސަބަބުން ކަމަށް ކުރީގެ ރަައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

އިންޑިއާގެ މިނިވަން ކަމުގެ ބާނީ މަހާތުމާ ގާނދީގެ އުފަންދުވަހާއި ގުޅިގެން މަޖިލީހުގެ ރައީސް، މުހަންމަދު ނަޝީދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ރާއްޖެއަށް ޑިމޮކްރަސީ ގެނައުމަށް އެމްޑީޕީން އޭރު ކުރި ކެންޕެއިންގައި ގާންދީގެ އުސޫލުތަކުން ހިތްވަރު ހޯއްދެވި ކަމަށެވެ. އެގޮތުން ހަމަނުޖެހުމެއް ނުހިންގާ މަދަނީ ބަސް ނޭހުންފަދަ ގާންދީ ގެންގުޅުއްވި އުސޫލުތަކުން ހިތްވަރު ހޯއްދެވި ކަމަށް ނަޝީދު ވަނީ ފާހަގަކުރައްވާފައެވެ.

ރައީސް ނަޝީދު ވިދާޅުވީ، އެ މަސައްކަތުގެ ނަތީޖާއެއްގޮތުން ރާއްޖެއަށް ޑިމޮކްރަސީގެ ހަމަތައް ހިމެނޭ ގާނޫނު އަސާސީއެއް ލިބިގެންދިޔަ ކަމަށެވެ. އެ ގާނޫނު އަސާސީގެ ދަށުން ފުރަތަމަ ފަހަރަށް މިނިވަން އަދި ޑިމޮކްރަޓިކް އިންތިހާބެއް 2008 ވަނަ އަހަރު ބޭއްވުނު ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ރާއްޖެއަށް ޑިމޮކްރަސީ ގެނައުމަށް އެމްޑީޕީ އިސްވެ އޮވެ ގިނަ މަސައްކަތްތަކެއް ކޮށްފައިވާ ކަން ގިނަ ބަޔަކު ފާހަގަކުރެއެވެ. އެ ގާނޫނު އަސާސީ ތަސްދީގު ކުރެވި ފުރަތަމަ ފަހަރަށް ގިނަ ޕާޓީތަކުގެ ކެންޑިޑޭޓުން ބައިވެރިވާ އިންތިހާބެއް ބޭއްވީ 2008 ވަނަ އަހަރުއެވެ. އެ އިންތިޚާބުގައި ވެރިކަމުގައި ހުންނެވި ރައީސް މައުމޫން ބަލިކުރައްވައި އިންތިޚާބު ކާމިޔާބުކުރެއްވީ މަޖިލީހުގެ މިހާރުގެ ރައީސް، މުހަންމަދު ނަޝީދު ވާދަކުރެއްވި ކޯލިޝަނުންނެވެ.


ކިޔުންތެރިންގެ ހިޔާލު


18

ހަތަރެސްކަން

04-Oct-2020

އަނހާ މިހާާރު މަންޑޭލާއެއްނޫންދީ. ބޮނޑުވަޒީރުކަން ބޭނުންވާތީ ގާންދީ. އިންޑިޔާއައުޓް


6

ހަތަރެސްކަން

04-Oct-2020

އަނހާ މިހާާރު މަންޑޭލާއެއްނޫންދީ. ބޮނޑުވަޒީރުކަން ބޭނުންވާތީ ގާންދީ. އިންޑިޔާއައުޓް



ޓްރެންޑިން