އިދިކޮޅު އެމްޑީޕީގެ ތެރޭގައި އަދިވެސް އެންމެ ބޮޑު ތާއީދެއް އޮތީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ޞާލިހަށްކަން، އިއްޔެ ބޭއްވުނު އެމްޑީޕީގެ ލޯކަލް ކައުންސިލް އިންތިހާބުގެ ޕްރައިމަރީގެ ނަތީޖާއިން ސާފުކޮށް ހާމަވެއްޖެއެވެ.
މި އިންތިހާބުގައި ރައީސް ޞާލިހުގެ ތާއީދާއެކު ވާދަކުރެއްވި ކެންޑިޑޭޓުން ބޮޑު އަގުލަބިއްޔަތަކުން ކުރިހޯއްދަވާފައިވާއިރު، ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ތާއީދާއެކު ނުކުންނެވި ކެންޑިޑޭޓުންނަށް ވަނީ ނާކާމިޔާބީއާ ކުރިމަތިލާން ޖެހިފައެވެ.
މިއީ އެމްޑީޕީގެ އެތެރޭގެ ބާރުވެރިކަން މިހާރު އޮތް ގޮތް ދައްކުވައިދޭ މުހިންމު ނިންމުމެއްގެ ގޮތުގައި ސިޔާސީ މަސްރަހު ދިރާސާކުރާ ފަރާތްތަކުން ސިފަކުރެއެވެ. އޭގެ އިތުރުން ޕާޓީއާއެކު ދެމިތިބޭ މެންބަރުންގެ އަގު ޕާޓީގެ ޢާއްމު މެންބަރުން ވަޒަން ކުރާކަން މި ނަތީޖާއިން ހާމަވާ ކަމަށްވެސް ޕްރައިމަރީގެ ނަތީޖާއިން ހާމަކޮށްދެއެވެ.
މި އިންތިހާބުގެ އެންމެ ފާހަގަކޮށްލެވޭ އެއް ނަތީޖާއަކީ މާލޭ ސިޓީ ކައުންސިލްގެ މޭޔަރު ކަމުގެ ޕްރައިމަރީއެވެ. ރައީސް ސޯލިހުގެ ތާއީދާއެކު މިހާރުގެ މޭޔަރު އާދަމް އާޒިމް ވަނީ، ރައީސް ނަޝީދުގެ ތާއީދާއެކު ވާދަކުރެއްވި އަލީ އާޒިމްގެ މައްޗަށް ބޮޑު ތަފާތަކުން ކުރިހޯއްދަވައި އެމްޑީޕީގެ ޓިކެޓް ކަށަވަރު ކުރައްވާފައެވެ.
ޕާޓީގެ ގިނަ އަދަދެއްގެ މެންބަރުން ދެކޭގޮތުގައި، މިއީ އެމްޑީޕީ ރޫޅާލުމަށް މަސައްކަތް ކުރި ފަރާތްތަކަށް މެންބަރުން ދިން ވަރުގަދަ ޖަވާބެކެވެ. ޕްރައިމަރީގެ ނަތީޖާއިން ދައްކައިދެނީ ޕާޓީގެ އެއްބައިވަންތަކަން ދެމެހެއްޓުމަށާއި، ރައީސް ސޯލިހުގެ ސިޔާސީ ފަލްސަފާއަށް މެންބަރުން ކުރާ ތާއީދު އަދިވެސް ވަރުގަދަކޮށް އޮތް ކަމެވެ.
މި ކާމިޔާބީއާއެކު ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބަށް އެމްޑީޕީން ނުކުންނާނީ ރައީސް ސޯލިހުގެ އިރުޝާދުގެ ދަށުން ވަރުގަދަ އަޒުމެއްގައެވެ.

ކިޔުންތެރިންގެ ހިޔާލު