ރައްޔިތުންގެ މަޖިލީހުގެ ލާމަރުކަޒީ ކޮމިޓީގެ މުޤައްރިރު ހުޅުމާލޭ ދާއިރާގެ މެމްބަރު ޢަލީ ނިޔާޒް
ރައްޔިތުންގެ މަޖިލީހުގެ ލާމަރުކަޒީ ކޮމިޓީގެ މުޤައްރިރު ހުޅުމާލޭ ދާއިރާގެ މެމްބަރު ޢަލީ ނިޔާޒް
ދަޢުލަތުގެ ވުޒާރާތަކުގެ ބައެއް މަސައްކަތްތައް ރަށްރަށަށް ބަދަލު ކުރުމަށް ފުރިހަމައަށް ތާޢީދު ކުރަށްވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ލާމަރުކަޒީ ކޮމިޓީގެ މުޤައްރިރު ހުޅުމާލޭ ދާއިރާގެ މެމްބަރު ޢަލީ ނިޔާޒް ވިދާޅުވެއްޖެއެވެ.

ލާމަރުކަޒީ ނިޒާމުގެ ދަަށުން ރާއްޖޭގެ ރަށްރަށަށް ބާރުތައް ބަހާލައިގެން ހިންގުމަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިޙްގެ ރިޔާސީ ވައުދުފުޅެކެވެ. އެ ވައުދުފުޅު ފުއްދެވުމުގެ ގޮތުން މާލޭ ސަރަހައްދުގައި ހުރި މިނިސްޓްރީތަކުގެ ބައެއް ހިދުމަތްތައް ރަށްރަށަށް ބަހާލަން ނިންމައި އެ މަސައްކަތް ސަރުކާރުން ވަނީ ފަށާފައެވެ.

އެކަމާ ގުޅިގެން ކުރެއްވި ޓްވީޓެއްގައި ޢަލީ ނިޔާޒް ވިދާޅުވީ، ދަޢުލަތުގެ ޢާމްދަނީގެ ފަހެއް އިންސައްތަ ރަށްތަކަށް ދޭން މިހާރު ނިންމާފައިވާކަމަށާއި، އެކަމުގެ ޙަޤީޤީ މަންފާ ލިބިގެންދާނީ ވުޒާރާތަކުގެ މަސައްކަތުގެ މަދުވެގެން ފަހެއް އިންސައްތަ ރަށްރަށަށް ބަދަލު ކުރެވިގެން ކަމަށެވެ.

ލާމަރުކަޒީ ޤާނޫނަށް ރައްޔިތުންގެ މަޖިލީހުން ގެނެސްފައިވާ އިސްލާޙުތަކާއެކު އަލަށް އިންތިޚާބުވާ ކައުންސިލްތަކަށް ދަޢުލަތުގެ ޢާމްދަނީން ފަހެއް އިންސައްތަ ލިބިގެންދާނެއެވެ. އަދި އެކަމާ ގުޅިގެން ކައުންސިލްތަކަށް ޢާމްދަނީ ލިބޭނެ އިތުރު މަގުތައް ތަނަވަސް ކުރެވޭނެކަމަށް ސަރުކާރުން ގަބޫލުކުރެއެވެ. ހަމައެއާއެކު ދަޢުލަތުގެ ވުޒާރާތަކުގެ ބައެއް މަސައްކަތްތައް ރަށްރަށަށް ބަދަލު ކުރުމުގެ ސަބަބުން ބައެއް ޚިދުމަތްތައް ހޯދުމަށް ރައްޔިތުން މާލެއަށް އައުމަށް އުފުލަންޖެހޭ ތަކްލީފަށް ލުއިކަމެއް ލިބިގެންދާނެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން