އެމްޑީޕީގެ ކުރީގެ ނާއިބް ރައީސް  އަލްހާން ފަހްމީ
އެމްޑީޕީގެ ކުރީގެ ނާއިބް ރައީސް އަލްހާން ފަހްމީ
މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ ކެނަބިސް "ބޭސްފަރުވާއަށް" ބޭނުން ކުރުން ޤާނޫނީ ގޮތުން ހުއްދަ ކުރަން ފެންނަ ކަމަށް އެމްޑީޕީގެ ކުރީގެ ނާއިބް ރައީސް އަލްހާން ފަހްމީ ވިދާޅުވެއްޖެއެވެ.

މާލޭގެ މޭޔަރު ކަމަށް ވާދަކުރައްވާނެ ކަން އިއުލާންކުރައްވާފައިވާ އަލްހާން ފަހުމީ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ސިއްހީ ބޭނުންތަކަށް ކެނަބިސް ބޭނުން ކުރުމުގެ ހުއްދަ ދިނުމާއި މެދު ޤާނޫނު ހަދާ މަޖިލީހުން ވިސްނަން ޖެހޭ ކަމަށް އޭނާ އަށް ގަބޫލު ކުރެއްވޭ ކަމަށެވެ. އަލްހާން ވަނީ އެ ޓުވީޓްގައި މަޖިލީހުގެ ރައީސް މުހަންމަދު ނަޝީދު ޓެގްކުރައްވާފައެވެ.

ކެނަބިސް ސިއްހީ ބޭނުންތަކަށް ބޭނުން ކުރުމުގެ ހުއްދަ ދުނިޔޭގެ 41 ގައުމެއްގައި ދީފައިވީނަމަވެސް އޭގެ ތެރޭގައި އެއްވެސް އިސްލާމީ ގައުމެއް ހިމެނިފައެއް ނުވެއެވެ. އަލްހާން މިރޭ ކުރެއްވި ޓްވީޓްގައި ވަނީ ކެނަބިސް އިން ލިބޭ "ފައިދާތައް" ކަމަށް ބުނެ ބައެއް ވާހަކަތައް ލިޔެފައިވާ ލިޔުމެއް ވެސް ޓްވީޓް ކުރަށްވާފައެވެ.

ކެނަބިސް އަކީ މިހާރު ވެސް ރާއްޖެ އަށް އެންމެ ގިނައިން އެތެރެ ކުރާ މަސްތުވާތަކެތީގެ އެއްބާވަތް ކަން ފާހަގަކޮށްލެވެއެވެ. މިދިޔަ ސެޕްޓެމްބަރ 09 ވަނަ ދުވަހު ވެސް ރާއްޖެ އެތެރެ ކުރަން އުޅުނު 4.4 ކިލޯގެ ކެނަބިސް އާއި އެކު ބަންގްލަދޭޝް މީހަކު ވަނީ ހައްޔަރުކޮށްފައެވެ.

މަސްތުވާތަކެއްޗާ ބެހޭ ގާނޫނު ބުނާގޮތުން މިހާރު ކެނަބިސް ޓްރެފިކް ކުރާ މީހުންނަށް އުމުރު ދުވަހުގެ ޖަލު ޙުކުމަކާއެކު އެއްލައްކަ ރުފިޔާ އިން ޖޫރިމަނާ ކުރުމުގެ ހުކުމެއް ކަނޑައެޅިފައި ވެއެވެ. ބޭސްފަރުވާ އަށް ކެނަބިސް ބޭނުން ކުރުމުގެ ހުއްދަ ދިނުމަށް ފަހު ބައެއް ގައުމުތަކުން ވަނީ ކެނަބިސް އާއްމު ގޮތެއްގައި ބޭނުން ކުރުމުގެ ހުއްދަ ވެސް މިހާރު ދީފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން