މާލޭގައި ހުމާއި އަރިދަފުސް ރޯގާ ފެތުރެމުންދާ މިންވަރު އިތުރުވަމުންދާތީ، އެފަދަ ބަލިމީހުންނަށް ޚާއްސަ ފަރުވާ ދިނުމަށްޓަކައި އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) ގައި ފްލޫ ކްލިނިކެއް ގާއިމުކޮށް ޚިދުމަތް ދޭން ފަށައިފިއެވެ.
މި ކްލިނިކަކީ ހުމާއި ރޯގާ ޖެހިގެން ހޮސްޕިޓަލަށް ދައްކާ ފަރާތްތަކަށް އަވަސް އަދި ލުއިފަސޭހަ އިންތިޒާމެއްގެ ދަށުން ޚިދުމަތް ފޯރުކޮށްދިނުމަށް ހުޅުވި ކްލިނިކެކެވެ.
އައިޖީއެމްއެޗުން ސޯޝަލް މީޑިއާގައި ހިއްސާކޮށްފައިވާ މަޢުލޫމާތުގައިވާ ގޮތުން، ފްލޫ ކްލިނިކަށް ދައްކަން ބޭނުންވާ ބަލިމީހުން އެންމެ ފުރަތަމަ ވަޑައިގަންނަވަން ޖެހޭނީ ހޮސްޕިޓަލުގެ އިމަޖެންސީ ރޫމް (އީ.އާރް) ޓްރިއާޖަށެވެ. އެތަނަށް ވަޑައިގަތުމަށްފަހު، 'ކިއުބީ' ޓޯކެން ސިސްޓަމް މެދުވެރިކޮށް ފްލޫ ކްލިނިކަށް ދެއްކުމަށްޓަކައި ޚާއްސަ ނަންބަރެއް ނަންގަވަން ޖެހޭނެއެވެ. ބަލިމީހާގެ ހާލަތަށް ބެލުމަށްފަހު، ފްލޫ ކްލިނިކަށް ނުވަތަ އިމަޖެންސީ ރޫމަށް ވަޑައިގަތުމަށް ޓްރިއާޖުން އިރުޝާދު ދޭނެ ކަމަށްވެސް އެ ހޮސްޕިޓަލުން ބުނެފައިވެއެވެ.
ސަރުކާރުން މިހާރު އަންނަނީ އައިޖީއެމްއެޗުން ދެވޭ ޚިދުމަތްތައް ފުޅާކޮށް، ހޮސްޕިޓަލުގެ ފެންވަރު ރަނގަޅުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. މިގޮތުން ފްލޫ ކްލިނިކެއް ގާއިމުކުރުމަކީ އާންމު ބަލިތަކަށް ފަރުވާ ހޯދާ މީހުންނާއި، އެހެނިހެން ބަލިތަކަށް ފަރުވާ ހޯދާ މީހުން އެއްތަނަކުން ބައްދަލުވުން މަދުކޮށް، ބަލި ފެތުރުން ކުޑަކުރުމަށް އެޅުނު މުހިންމު ފިޔަވަޅެކެވެ.

ކިޔުންތެރިންގެ ހިޔާލު