ބޭންކް އޮފް މޯލްޑިވްސް އާއި އޭޝިއަން އިންސްޓިއުޓް އޮފް ޗާޓަޑް ބޭންކާސް (އޭއައިސީބީ)އާ ގުޅިގެން ރާއްޖޭގެ ބޭންކިން ދާއިރާ އިތުރަށް ތަރައްގީކޮށް ކުރިއަރުވަން އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.
ބީއެމްއެލްގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ ސީއީއޯ މުހައްމަދު ޝަރީފެވެ. އަދި އޭއައިސީބީގެ ފަރާތުން ސޮއިކުރެއްވީ ޗީފް އެކްޒެކްޓިވް އެޑްވާޑް ލިންގ އެވެ.
ބީއެމްއެލް އިން ބުނީ މި އެއްބަސްވުމުގެ ދަށުން ޗާޓަޑް ބޭންކިންގެ ދާއިރާއިން ދިވެހިން ތަމްރީނު ކުރުމުގެ ފުރުސަތުތައް ދިނުމަށް ހަމަޖެހިފައިވާ ކަމަށެވެ.
މި އެއްބަސްވުމާ ގުޅޭ ގޮތުން ބީއެމްއެލްގެ އޮފިޝަލަކު ވިދާޅުވީ މި އެއްބަސްވުމާއެކު އޭއައިސީބީއާ ގުޅިގެން މުހިންމު މަސައްކަތްތަކެއް ފެށޭނެ ކަމަށެވެ. އެގޮތުން ޗާޓަޑް ބޭންކިންގެ ޕްރޮގްރާމްތަކާއި ޕްރޮފެޝަނަލް ޑިވެލޮޕްމެންޓް ޕްރޮގްރާމްތައް މި އެއްބަސްވުމުގެ ދަށުން ރާއްޖޭގައި ހިންގާނެ ކަމަށެވެ. އަދި ގައުމީ ބޭންކުގެ ހައިސިއްޔަތުން މި ދާއިރާއަށް ބޭނުންވާ އިންސާނީ ވަސީލަތްތައް ތަރައްގީކޮށް ކުރިއެރުވުމަކީ ބެންކުން ވަރަށް ބޮޑު އިސްކަމެއް ދޭ ކަމެއް ކަމުގައިވެސް އޮފިޝަލް ވަނީ ވިދާޅުވެފައެވެ.
ބޭންކިން ދާއިރާގެ ތައުލީމާއި ތަމްރީނު ފޯރުކޮށްދޭ ފަރާތެއްގެ ގޮތުން ބީއެމްއެލް އެކަޑަމީން އަންނަނީ މި ދާއިރާއިން މީހުން ބިނާކުރުމުގެ ގޮތުން އެކި ޕްރޮފެޝަނަލް ޕްރޮގްރާމްތައް ހިންގުމުގެ އިތުރުން އިންޓާންޝިޕްގެ ފުރުސަތު ވެސް ދެމުންނެވެ.

ކިޔުންތެރިންގެ ހިޔާލު