މަމްސް އެއިޑުގެ 'ބެކް ޓު ސްކޫލް' ކެމްޕޭނަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން 100،000 ރުފިޔާ ހަދިޔާކޮށްފިއެވެ.
މިއީ ކުރިއަށް އޮތް ދިރާސީ އާ އަހަރާ ދިމާކޮށް ސްކޫލަށް ތައްޔާރުވުމަށް ދަތިތަކާ ކުރިމަތިލާން ޖެހިފައިވާ އާއިލާތަކަށް
އެހީތެރިވުމަށް މަމްސް އެއިޑް އިން ހިންގާ ކެމްޕޭނެކެވެ.
ބީއެމްއެލް އިން ބުނީ މި ކެމްޕޭނުން މަމްސް އެއިޑުގެ ކެއާ ލިސްޓުގައި ހިމެނޭ އާއިލާތަކަށް އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށެވެ.
ވޭތުވެދިޔަ އަހަރުތަކުގައި މަމްސް އެއިޑުން ހިންގި އެކި ހަރަކާތްތަކަށް ވެސް ބީއެމްއެލް އިން ވަނީ އެކި ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދީފައެވެ. އެގޮތުން މިދިޔަ އަހަރު ބީއެމްއެލް އިސްލާމިކުން ބެކް ޓު ސްކޫލް ކެމްޕޭނަށް ހަދިޔާކޮށް، 100 ކުދީންނަށް އެހީތެރިކަން ފޯރުކޮށްދީފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު