ޒަހީނުއްދީން ސަޢީދު   3 އޮކްޓޯބަރު 2020 - 16:48
ދޯންޏެއްގައި މަސްވެރިން މަސް ބާނަނީ: މި ދުވަސްވަރަކީ މަސްވެރިކަން ރަނގަޅު ދުވަސްވަރެއް
ދޯންޏެއްގައި މަސްވެރިން މަސް ބާނަނީ: މި ދުވަސްވަރަކީ މަސްވެރިކަން ރަނގަޅު ދުވަސްވަރެއް
ހޮރައިޒަން ފިޝަރީޒުން މަސްގަތުން މިއަދުން ފެށިގެން ކޮންޓްރޯލް ކޮށްފިއެވެ.

ހޮރައިޒަން ފިޝަރީޒް ކޮމްޕްލެކްސްއިން ކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ މިއަދުން ފެށިގެން އެކުންފުނިން މަސްގަންނާނީ ދޯންޏަކުން ފަސްޓަނުގެ މަސް ކަމަށެވެ. އަދި މަސްވެރިކަން ރަނގަޅުވުމުގެ ސަބަބުން މާންދޫގައި މަސް ރައްކާކުރުމަށް ދަތިވެފައިވާކަމަށާއި، ރޭވިފައިވާ ގޮތަށް ކަންކަން ކުރިއަށްދާނަމަ މަސް ބަރުކުރާ ބޭރުގެ ބޯޓެއް މިމަހުތެރޭގައި މާންދުއަށް އަންނާނެކަމަށް އެކުންފުނިން ހާމަކުރެއެވެ.

ހޮރައިޒަން އަކީ ރާއްޖޭގެ އެންމެ ގިނައިން މަސްގަންނަ އަމިއްލަ ކުންފުންޏެކެވެ. އަދި ކަޅުބިލަމަހުގެ މަސްގަތުމުގައި މިފްކޯއާ ވާދަކުރާ ހަމައެކަނި ކުންފުންޏަކީ ވެސް ހޮރައިޒަން ކަން ފާހަގަކޮށްލެވެއެވެ.

މިދުވަސްވަރަކީ މެދުރާއްޖެތެރެއާއި އުތުރަށް މަސްވެރިކަން ރަނގަޅު ދުވަސްވަރެކެވެ. މިފްކޯއިން ވަނީ ގިނައިން މަސް ބޭނިއްޖެނަމަ ފެލިވަރަށް ނުގޮސް ކޫއްޑޫއަށް ދިއުމަށް މަސްވެރިންނަށް އިލްތިމާސްކޮށްފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން