އައްޑޫގެ ތަރައްޤީގެ މުހިންމު ގިނަ މަޝްރޫޢުތަކެއް މިއަހަރުގެ ތެރޭގައި ފަށާނެކަމުގެ ޔަގީންކަން ސަރުކާރުން ދީފި އެވެ.

މޯލްޑިވިއަނުން އައްޑޫ ސިޓީގައި ސީޕްލޭން ޚިދުމަތް ފެށުމުގެ އެއްބަސްވުމުގައި ސޮއިކުރެއްވުމަށްފަހު ވާހަކަ ދައްކަވަމުން އިކޮނޮމިކް މިނިސްޓަރ ފައްޔާޒް އިސްމާއިލް ވިދާޅުވީ އައްޑޫއާއި، ދެކުނުގެ ތަރައްޤީ ޔަގީން ކުރުމަކީ ސަރުކާރުގެ އަމާޒެއްކަމަށެވެ. އައްޑޫއާއި ދެކުނުގެ ތަރައްޤީއަށް ގެންނަ ބަދަލުތަކަކީ ލާމަރުކަޒީ އުސޫލުގެ ތެރެއިން ގެނެވޭ ބަދަލުތަކެއްކަމަށް މިނިސްޓަރ ފައްޔާޒް ވިދާޅުވި އެވެ.

މިނިސްޓަރ ވިދާޅުވީ އައްޑޫގެ ތަރައްޤީއާއި ގުޅިގެން ވަރަށްގިނަ ވާހަތަކެއް ދެކެވެމުންދާކަމަށެވެ. ޚާއްސަކޮށް ނިމިދިޔަ ވެރިކަން ތަކުގައި އައްޑޫއާއިމެދު ވެފައިވާ އިހުމާލުވުމަކީ މިކަން ރައްޔިތުންނަށް ގަބޫލުކުރަން ދަތިވާކަމެއްކަމަށެވެ. އައްޑޫގެ ތަރައްޤީއާއި ދެކުނުގެ ރައްތަކުގެ ތަރައްޤީއަކީ ރައީސް ޞާލިހުގެ ރިޔާސީ މެނިފެސްޓޯގައި އެންމެ ޚާއްސަކަމެއް ދެއްވައިގެން އަމާޒުކަޑައަޅާފައިވާ ކަންތައްތަކެއްކަމަށްވެސް މިނިސްޓަރ ވިދާޅުވި އެވެ.

"އައްޑޫ ސިޓީ އިޤްތިޞާދީ މައިހަބަކަށް ހެދުމަށް ކުރާ މަސައްކަތުގެ އަމަލީ މަސައްކަތް މަދު މަސްތަކުގެ ތެރޭގައި ފެށޭނެ. އައްޑޫގެ މަގުތައް ރަނގަޅުކުރުން، ފެންބޮޑުވުމުގެ މައްސަލަ ހައްލުރުން. ފަތުރުވެރިކަން އިތުރަށް ކުރިއެރުމަށް އިތުރު ރިސޯޓް ހިއްކުން. ދިރިއުޅުމަށް ބޭނުންވާ ބިންހިއްކުން. މިކަންކަން މިއަހަރުގެ ތެރޭގައި ފެށިގެންދާނެ." މިނިސްޓަރ ފައްޔާޒް ވިދާޅުވި އެވެ.

މިނިސްޓަރ ވިދާޅުވީ މާޒީގައި ކަންކަން ވެފައިވާގޮތުން ގިނަ ރައްޔިތުންނަށް މިކަންކަން ވެދާނެކަމާއިމެދު ސުވާލު އުފެދޭކަމަށް ވިދާޅުވެ ކުރިންވެސް ދެއްކެވި ވާހަކަތައް ވަނީ ތަކުރާރު ކުރަށްވާފައެވެ. މިއަދު ދިމާވެފައިވާ ހާލަތާއިއެކު ސަރުކާރުންވެސް ކަންކަން ވަމުންދާ ސްޕީޑާއިމެދު އެންމެ ހިންހަމަ ނުޖެހޭކަމަށާއި، ނަމަވެސް ކުރިއަށް އޮތް ދުވަސްތަކުގައި އިޤްތިޞާދީ ގިނަ މަސައްކަތްތަކެއް ފެށިގެންދާނެކަމަށް މިނިސްޓަރ ވިދާޅުވި އެވެ.

އައްޑޫ ސިޓީގައި ތަރައްޤީގެ ގިނަ މަޝްރޫއުތަކެއް މިހާރުވެސް އަންނަނީ ހިގަމުންނެވެ. މިގޮތުން 65 މަޝްރޫއެއްގެ މަސައްކަތް އެ ސިޓީގައި ކުރިއަށްއެބަދެއެވެ. މީގެއިތުރުން އައްޑޫގައި 25 ކިލޯމީޓަރުގެ މަގު ހެދުމާއި 228 ހެކްޓަރުގެ ބިން ހިއްކުމަށް ވަނީ ހަމަޖެހިފައެވެ.


ކިޔުންތެރިންގެ ހިޔާލު


5

ގައުމީ ލޯބި

04-Oct-2020

އައްޑޫ ވިއްކި ބައިގަނޑު އެންމެ 200 މިލިޔަން ޑޮލަރަށް އައްޑޫވިއްކާފައި ކޮން ބޮޑެއްކަނޑާކަށް



ޓްރެންޑިން