އެމްޕީއެލް ބަނދަރު
އެމްޕީއެލް ބަނދަރު
މާލޭގެ ވިޔަފާރި ބަނދަރުގައި ޑިއުޓީގައި ހުރި މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) ގެ މުވައްޒަފަކު، ދެ ޓަގު ބޯޓެއްގެ ދެމެދަށް ވެއްޓި މިއަދު ނިޔާވެއްޖެއެވެ.

މި ހާދިސާއާ ގުޅިގެން އެމްޕީއެލްއިން ބުނީ، އެކުންފުނީގެ މުވައްޒަފެއް ކަމަށްވާ ގއ. ދެއްވަދޫ ދެކޮނުގެ، އަމީން ޢަބްދުލްޙަމީދު ޓަގު ބޯޓުތަކުގެ ދެމެދަށް ވެއްޓުނީ ޑިއުޓީގައި ހުއްޓާ ކުއްލިއަކަށް ފިޓުޖެހިގެން ކަމަށެވެ. އަދި އޭނާ ނިޔާވީ އައިޖީއެމްއެޗަށް ގެންގޮސް ފަރުވާދެމުން ދަނިކޮށް ކަމަށްވެސް އެ ކުންފުނިން މައުލޫމާތު ދީފައިވެއެވެ.

ފުލުހުން ބުނީ، ވިޔަފާރި ބަނދަރުގައި އޮތް ދެ ޓަގު ބޯޓުގެ ދޭތެރެއަށް އެމްޕީއެލްގެ މުވައްޒަފަކު ވެއްޓި އަނިޔާވެފައިވާ ކަމުގެ ރިޕޯޓް ލިބުނީ މިއަދު ހެނދުނު 11:00 ހާއިރު ކަމަށެވެ.

އެ މީހާ ހޮސްޕިޓަލަށް ގެންދެވުނު ނަމަވެސް، އޭނާ ނިޔާވެފައިވާ ކަމަށް ހޮސްޕިޓަލުން ފުލުހުންނަށް މައުލޫމާތު ދީފައިވާ ކަމަށްވެސް ފުލުހުން ބުންޏެވެ.

މި ހާދިސާގައި ނިޔާވެފައިވަނީ ދިވެއްސެއް ކަމަށާއި، މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުން ދާކަމަށް ފުލުހުން ވަނީ ބުނެފައެވެ.



ކިޔުންތެރިންގެ ހިޔާލު