މާލެ ވިޔަފާރި ބަނދަރު ސަރަހައްދުގައި ޑިއުޓީގައި ހުއްޓާ ފިޓުޖެހިގެން މިއަދު ނިޔާވި އެމްޕީއެލް މުވައްޒަފު އަމީން ޢަބްދުލްޙަމީދުގެ އާއިލާ އަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ތައުޒިޔާ ފޮނުއްވައިފިއެވެ.
އަމީން ނިޔާވުމުގެ ހިތާމައިގައި ފޮނުއްވި މެސެޖުގައި ރައީސް ވިދާޅުވީ، އަމީން ޢަބްދުލްޙަމީދު ވަޒީފާގެ ވާޖިބު އަދާކުރަމުން ދަނިކޮށް ނިޔާވި ހިތާމަވެރި ޙާދިސާއާ ގުޅިގެން، މަރްޙޫމްގެ ޢާއިލާއަށާއި އެމްޕީއެލްގެ މުވައްޒަފުންނަށް ތަޢުޒިޔާ ދަންނަވާ ކަމަށެވެ. އަދި މަރްޙޫމް އަމީން ޢަބްދުލްޙަމީދަށް ސުވަރުގޭގެ ދާއިމީ ނިޢުމަތް ދެއްވުން އެދި ރައީސް ވަނީ ދުޢާ ކުރަށްވާފައެވެ.
2020 ވަނަ އަހަރު އެމްޕީއެލްއާ ގުޅުނު އަމީން، މިއަދު ޑިއުޓީގައި ހުއްޓާ ފިޓުޖެހިގެން ވެއްޓުނީ މާލޭ ވިޔަފާރި ބަނދަރުގެ ހުޅަނގު ފަރާތު ޖެޓީ ސަރަހައްދު މޫދަށެވެ.
އެމްޕީއެލް އިން ބުނީ ގއ. ދެއްވަދޫ ދެކޮނުގެ، އަމީން ޢަބްދުލްޙަމީދު ޓަގު ބޯޓުތަކުގެ ދެމެދަށް ވެއްޓުނީ ޑިއުޓީގައި ހުއްޓާ ކުއްލިއަކަށް ފިޓުޖެހިގެން ކަމަށެވެ. މި ހާދިސާ ހިނގުމާއެކު، އެ ކުންފުނީގެ ހެލްތު އެންޑް ސޭފްޓީ ޑިޕާޓްމަންޓްގެ އެމެރޖެންސީ ރެސްޕޮންސް ޓީމުން ވަނީ ވަގުތުން އެ ސަރަހައްދަށް އެޓެންޑްވެ، އެމްބިއުލަންސްގައި އަމީން އައި.ޖީ.އެމް.އެޗް އަށް ގެންގޮސްފައެވެ.
އުމުރުން 30 އަހަރުގެ އަމީން މަސައްކަތް ކުރަމުންދިޔައީ އެމް.ޕީ.އެލްގެ ފްލީޓް ސަަރވަސް ޑިޕާޓްމަންޓްގެ މެރިން ކްރާފްޓް ސެކްޝަންގެ ސީނިއަރ ޑެކް ހޭންޑެއްގެ މަގާމުގައެވެ.

ކިޔުންތެރިންގެ ހިޔާލު