ޓޫރިޒަމް މިނިސްޓަރު ޑރ.އަބުދު ﷲ މައުސޫމް
ޓޫރިޒަމް މިނިސްޓަރު ޑރ.އަބުދު ﷲ މައުސޫމް
ސީޕްލޭން ޚިދުމަތާއެކު އައްޑޫ ސިޓީ ހިމެނޭ ދެކުނުގެ އަތޮޅު ތަކުގެ ފަތުރުވެރިކަން 2022 ވަނަ އަހަރު ވިޔަފާރިއެއްގެ ގޮތަށް ހިގައިގަންނާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް ޓޫރިޒަމް މިނިސްޓަރ ޑރ.އަބުދު ﷲ މައުސޫމް މިއަދު ވިދާޅުވެއްޖެއެވެ.

ޓޫރިޒަމް މިނިސްޓަރ ޑރ.އަބުދު ﷲ މައުސޫމް މިހެން ވިދާޅުވީ، ގަން އިންޓަނޭޝަނަލް އެއާޕޯޓާއި ހުވަދު އަތޮޅާ ދެމެދު ސީޕްލޭން ދަތުރުތައް ފެށުމުގެ ގޮތުން އެކަމާގުޅޭ އެއްބަސްވުމުގައި އައިލެންޑް އޭވިއޭޝަން ސާވިސަސް ލިމިޓެޑާއި އައްޑޫ އިންޓަނޭޝަނަލް އެއަރޕޯޓް ކޮމްޕެނީއާ ދެމެދު ސޮއިކުރުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ.

މިނިސްޓަރ ޑރ.މައުސޫމް ވިދާޅުވީ، 2022 ވަނަ އަހަރަކީ ރާއްޖޭގެ ޓޫރިޒަމަށް 50 އަހަރު ފުރޭ އަހަރު ކަމަށާއި، ސީޕްލޭން ޚިދުމަތާއެކު އައްޑޫ ސިޓީ ހިމެނޭ ދެކުނުގެ އަތޮޅު ތަކުގެ ފަތުރުވެރިކަން 2022 ވަނަ އަހަރު ވިޔަފާރިއެއް ގޮތަށް ހިގައިގަންނާނެ ކަމަށެވެ. އަދި ފަތުރުވެރިކަން ވިޔަފާރި އަށް ބަދަލުވެ ފުރިހަމަ ފައިދާ ރައްޔިތުންނަށް ލިބިގެންދާނެ ކަމަށް އުއްމީދު ކުރަށްވާ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. މިނިސްޓަރ ޑރ. މައުސޫމް ވިދާޅުވީ، އައްޑޫ ހިމެނޭ ސަރަހައްދުގައި މިހާރު ހުރީ 2400 ބެޑް ކަމަށާއި، ސީޕްލޭން އަށް ގެއްލުން ނުވެ ދަތުރުތައް ކުރާނަމަ 6000 ބެޑަށް އިތުރުކުރަންޖެހޭ ކަމަށެވެ.

"ކުރިއަށް އޮތްތާގައި އައްޑޫ، ހުވަދޫ އަދި ފުވައްމުލަކުގައި ބެޑްތައް އިތުރުވެގެންދާނެ. ރިޒޯޓްތަކުގެ ގޮތުގައި ކުދި ހޮޓާތަކުގެ ގޮތުގައި މިހިސާބުގައި އޮޕަރޭޓް ކުރާ ސަފާރީތަކުގެ ގޮތުގައި ގެސްޓްހައުސްތަކުގެ ގޮތުގައި." މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ ޑރ.މައުސޫމް ވިދާޅުވީ ސަރުކާރުގެ އަމާޒަކީ ފަތުރުވެރިކަމުގެ ވިޔަފާރީގެ ހިއްސާދާރުންނަށް ދިވެހިން ހަދައި ފަތުރުވެރިކަމުގެ ދާއިރާގައި ދިވެހިން ބޭނުންވާ ކަހަލަ ވަޒީފާތައް ހޯދައިދިނުން ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު


14

ހަތަރެސްކަން

04-Oct-2020

އެއީ ތެދެއް. ވޯޓާކައިރިކޮށްފަ އައްޑޫގޫބައްޑާއިން ގުނބޯހައްދާލެވޭނެ އިއރުން.



ޓްރެންޑިން