އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު
އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު
ސާފް ފުޓްސަލް ޗެމްޕިއަންކަން ދިވެހި ރާއްޖޭގެ ޓީމުން ހާސިލްކުރުމުން އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު ދިވެހި ޓީމަށް މަރުހަބާ ވިދާޅުވެއްޖެއެވެ.

މިއަދު އެކްސްގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ޝާހިދު ވިދާޅުވީ ‏ސާފް ފުޓްސަލް ޗެމްޕިއަންޝިޕްގެ ތަށި ދިވެހިރާއްޖެއަށް ކާމިޔާބު ކުރެވުނު ކަމަށްޓަކާ މާތްﷲގެ ޙަޟްރަތަށް ޙަމްދު ކުރާ ކަމަށެވެ.

"އަދި ސަރަޙައްދީ ފުޓްސަލްގެ ރަސްކަން ރާއްޖެއަށް ހޯދައިދިން ޤައުމީ ފުޓްސަލް ޓީމުގެ ޒުވާންކުޅުންތެރިންނަށާއި މެނޭޖްމަންޓަށް މި ފަޚުރުވެރި ކާމިޔާބީގެ އުފަލުގައި ތަހުނިޔާއާއި މުބާރިކްބާދީ އަރިސްކުރަން." ޝާހިދު ވިދާޅުވިއެވެ.

ޝާހިދު ވިދާޅުވީ ސާފް ފިރިހެން ފުޓްސަލް ޗެމްޕިއަންކަން ޒުވާން ޓީމުގެ ހިތްވަރުން ދިވެހި ރާއްޖޭން ޔަގީން ކުރުމުން ހާމަވަނީ، ކާމިޔާބީއަކީ އަބަދުވެސް ހިތްވަރާއިއެކު މަސައްކަތްކުރާ ބައެއްގެ ޙައްގެއްކަން ކަމަށެވެ.

ރާއްޖެ ޓީމުން މިއަދު ބޫޓާނާ ވާދަކޮށް 3-1 އިން މެޗު ކާމިޔާބުކޮށް، ފުރަތަމަ ފަހަރަށް ބޭއްވި ‏ސާފް ފުޓްސަލް ޗެމްޕިއަންޝިޕްގެ ޗެމްޕިއަންކަން ރާއްޖެއިން ކަށަވަރުކޮށްފައިމިވަނީ ކުޅެން ބާކީ އެއްމެޗު ކުރިއަށް އޮތްވައެވެ. އެއީ ދިވެހި ގައުމީ ޓީމް ސްރީލަންކާ އާއި ދެކޮޅަށް މި މަހުގެ 26 ވަނަ ދުވަހު ރާއްޖޭގެ ގަޑިން މެންދުރުފަސް 3:00 ޖަހާއިރަށް ފެށުމަށް ތާވަލްކުރެވިފައިވާމެޗެވެ.



ކިޔުންތެރިންގެ ހިޔާލު