ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ވިޔަފާރިތަކަށް ފަސޭހަކަމާއެކު އެއްފަހަރާ ގިނަ އެކައުންޓްތަކަކަށް ފައިސާ ފޮނުވޭ "ބަލްކް ޕޭމަންޓް" ޚިދުމަތް މިއަދު ތަޢާރަފް ކޮށްފިއެވެ.
ބީއެމްއެލް އިން މިއަދު ބުނީ، މި ޚިދުމަތަކީ ވިޔަފާރިތަކުގެ ހިންގުން ހަރުދަނާކޮށް، މަސައްކަތްތައް އިތުރަށް ހަލުވިކުރުމަށް ފަރުމާ ކޮށްފައިވާ ޚިދުމަތެއް ކަމަށެވެ. މި އައު ޚިދުމަތް މެދުވެރިކޮށް، ވިޔަފާރިތަކުން ދޭންޖެހޭ މުސާރަ، އެލަވަންސް އަދި ޑިވިޑެންޑް ފަދަ ފައިސާ އެއްފަހަރާ ގިނަ އެކައުންޓްތަކަކަށް ފޮނުވުމުގެ ފުރުޞަތު ލިބިގެންދާނެ ކަމަށް ބީއެމްއެލްއިން ބުނެފައިވެއެވެ.
ބީއެމްއެލް އިން މަޢުލޫމާތު ދޭ ގޮތުގައި، މި ޚިދުމަތުގެ ސަބަބުން ދިވެހި ރުފިޔާ އަދި ޔޫއެސް ޑޮލަރުން، ބީއެމްއެލްގެ އެކައުންޓްތަކަށް އޮޓޮމޭޓެޑްކޮށް އެއްފަހަރާ ފައިސާ ފޮނުވޭނެ އިންތިޒާމު މިހާރު ވަނީ ހަމަޖެހިފައެވެ.
މި ޚިދުމަތާ ގުޅޭގޮތުން ބޭންކުގެ ޗީފް ބިޒްނަސް އޮފިސަރ މޫސާ ނިމާލް ވިދާޅުވީ، ޑިޖިޓަލްކޮށް އެއްފަހަރާ ގިނަ މުޢާމަލާތްތަކެއް ހިންގޭނެ ވަސީލަތެއް ލިބުމަކީ ވިޔަފާރިތަކުގެ މަސައްކަތްތަކަށް އެހީތެރިވުމަށް އެޅުނު މުހިންމު ފިޔަވަޅެއް ކަމަށެވެ.
"މީގެ ސަބަބުން ފައިސާ ފޮނުވުމުގެ ކަންކަން އަވަސްވެ، ރައްކާތެރިވެ، އަދި އެއްވެސް ތަކްލީފެއް ނެތި ކުރިއަށް ގެންދެވޭނެ. މިއީ ކަސްޓަމަރުންގެ ބަދަލުވަމުންދާ ބޭނުންތަކާ އެއްގޮތަށް، ފަސޭހަ އަދި ބޭނުންތެރި ހައްލުތަކެއް ފޯރުކޮށްދިނުމަށް އަޅުގަނޑުމެން ކުރަމުންދާ މަސައްކަތުގެ ތެރޭގައި ހިމެނޭ ކަމެއް،" ނިމާލް ވިދާޅުވިއެވެ.
ބޭންކް އޮފް މޯލްޑިވްސް އިން ބުނީ، އަބަދުވެސް މަސައްކަތްކުރަނީ އީޖާދީ އަދި ދެމެހެއްޓެނިވި މަސައްކަތްތަކުގެ ތެރެއިން ރާއްޖޭގެ ފަރުދުންނާއި، ވިޔަފާރިތަކާއި، އަދި މުޖުތަމަޢުތައް ބާރުވެރި ކުރުވުމަށް ކަމަށެވެ. އަދި މި އައު ޚިދުމަތާއެކު ވިޔަފާރިތަކުގެ އިދާރީ ހިންގުމަށް ބޮޑެތި ލުއިފަސޭހަތަކެއް ލިބިގެންދާނެ ކަމަށް އުންމީދު ކުރާކަމަށް ބޭންކުން ވަނީ ބުނެފައެވެ.

ކިޔުންތެރިންގެ ހިޔާލު