ފުލުހަކު ކުއްތާއާއިއެކު؛ ޑްރަގް އަތުލައިގަތުމުގައި ދިވެހި ފުލުހުން ދަނީ ކުއްދާރާގެ ބޭނުން ކުރަމުން
ފުލުހަކު ކުއްތާއާއިއެކު؛ ޑްރަގް އަތުލައިގަތުމުގައި ދިވެހި ފުލުހުން ދަނީ ކުއްދާރާގެ ބޭނުން ކުރަމުން
އައްޑޫގައި ފުލުހުން ހިންގި ޑްރަގު އޮޕަރޭޝަނެއްގައި ގިނަ ޢަދަދެއްގެ މަސްތުވާތަކެއްޗާއެކު ބަޔަކު ހައްޔަރުކޮށްފިއެވެ.

އައްޑޫގައި މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރިއަށް ގެންދާ ޚާއްޞަ އޮޕަރޭޝަނާއި ބެހޭގޮތުން ކޮމިޝަނާ އޮފް ޕޮލިސް މުޙައްމަދު ޙަމީދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، މަސްތުވާތަކެއްޗާ ދެކޮޅަށް އައްޑޫ ސިޓިގައި ފުލުހުންގެ ބޮޑު އޮޕަރޭޝަނެއް ކުރިއަށްގެންދަން ފަށާފައިވާ ކަމަށާއި، މި އޮޕަރޭޝަނުގައި ގިނަ ޢަދަދެއްގެ މަސްތުވާތަކެތި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށެވެ. އަދި އެ އޮޕަރޭޝަނުގައި ބައެއް މީހުން ހައްޔަރުކޮށްފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

މަސްތުވާތަކެއްޗާ ދެކޮޅަށް ހިންގަމުންދާ ބޮޑު އޮޕަރޭޝަންގެ ތެރެއިން ހައްޔަރުކޮށްފައިވަނީ، މަސްތުވާތަކެތީގެ ވިޔަފާރި ފުޅާކޮށް ހިންގާ ކަމުގެ ތުހުމަތުގައި މީގެ ކުރިން ވެސް ފުލުހުން ހައްޔަރުކުރި އިބްރާހިމް ރަޝީދު (އަބުޗާ)އާ އެކު އިތުރު ބަޔެކެވެ. ހައްޔަރުކުރި މީހުންގެ ތެރޭގައި ކުރީގެ މަޝްހޫރު ފުޓުބޯޅަ ތަރި ޝަމްވީލް ގާސިމް (ބޮންޑާ) ވެސް ހިމެނެއެވެ.

އައްޑޫގައި ފުލުހުން ހިންގާ އޮޕަރޭޝަންގައި ފުލުހުންގެ ޑްރަގް އެންފޯސްމެންޓު ޑިޕާޓުމެންޓާއި، ޑްރަގު އިންޓެލިޖެންސް ޔުނިޓާއި، ޑިވިޝަނަލް އިންޓެލިޖެންސް ޑިޕާޓުމެންޓާއި، މެރިން ޕޮލިސްއާއި ސައުތު ޕޮލިސް ޑިވިޝަން ބައިވެރިވެއެވެ.



ކިޔުންތެރިންގެ ހިޔާލު