އިދިކޮޅު ޕްރޮގުްރެސިވް ކޯލިޝަންގެ އިސް ބޭފުޅުން ރާއްޖޭގައި ހުންނަވާ އިންޑިއާގެ ސަފީރާއެކު ބޭއްވެވި ބައްދަލުވުމެއްގެ ތެރެއިން ނަގާފައިވާ ފޮޓޯއެއް (ފޮޓޯ- ޕީޕީއެމް)
އިދިކޮޅު ޕްރޮގުްރެސިވް ކޯލިޝަންގެ އިސް ބޭފުޅުން ރާއްޖޭގައި ހުންނަވާ އިންޑިއާގެ ސަފީރާއެކު ބޭއްވެވި ބައްދަލުވުމެއްގެ ތެރެއިން ނަގާފައިވާ ފޮޓޯއެއް (ފޮޓޯ- ޕީޕީއެމް)
ޖަލުގައި ފަސް އަހަރުގެ ޖަލުގެ ޙުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ އިދިކޮޅު ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ގެއަށް ބަދަލު ކުރުމަށް އިންޑިއާގެ އެހީ ހޯދަން މަސައްކަތް ކުރާ ކަމަށް ދެކެވޭ ވާހަކަ ތަކަކީ ދޮގެއް ކަމަށް ޕްރޮގްރެސިވް ކޯލިޝަނުން ބުނެފިއެވެ.

ރައީސް ޔާމީން ގެއަށް ބަދަލު ކުރުމަށް އިންޑިއާގެ އެހީ ހޯދަން އިދިކޮޅުން މަސައްކަތް ކުރަމުންދާ ކަމަށް ބައެއް މީޑިޔާތަކުން ފަތުރަމުންދާ ޚަބަރު ދޮގުކޮށް ޕްރޮގްރެސިވް ކޯލިޝަނުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ރައީސް ޔާމީން މިނިވަން ކުރަން ވެސް އަދި އެމަނިކުފާނު، ގެއަށް ބަދަލު ކުރުމަށް ވެސް އިންޑިއާ އެމްބަސީގެ އިސްވެރިންނާއި މަޝްވަރާ ކުރަން ނިންމާފައި ނުވާ ކަމަށެވެ. އަދި އެފަދަ މަޝްވަރާތަކަކަށް ދިއުމަށް ދެ ޕާޓީގެ ކައުންސިިލްގައި ވެސް އަދި އެ ނޫން ގޮތަކަށް ވެސް ވާހަކަ ދެކެވިފައިނުވާ ކަމަށް ބަޔާނުގައި ބުނެފައިވެއެވެ.

ރައީސް އަބްދުﷲ ޔާމީން މި ވަގުތު ޖަލުގައި ހައްޔަރުކޮށްފައި ވަނީ ހައްގު ނޫން ސިޔާސީ ދައުވާއަކުން ކޮށްފައިވާ ހުކުމަކުން ކަމަށާއި، އެމަނިކުފާނަކީ މި ވަތަނުގެ ދިފާއުގައި ކޮންމެ ފަދަ ގުރުބާނީއެއް ވެވަޑައިގަންނަވަން ވެސް ތައްޔާރަށް ހުންނެވި ވަރަށް ގައުމީ ބޭފުޅެއްކަން ރައްޔިތުންނަށް އެގޭނެ ކަމަށްވެސް އިދިކޮޅުގެ ބަޔާނުގައި ވަނީ ބުނެފައެވެ.

"އެހެން ކަމުން އެމަނިކުފާނު ( ޔާމިން) އަމިއްލަފުޅު މުހުތާދެއް ފުއްދެވުމަށް ގައުމަށް ޣައްދާރުވެވަޑައެއް ނުގަންނަވާނެއެވެ." އިދިކޮޅުގެ ބަޔާނުގައި ބުނެފައިވެއެވެ.

އެމްއެމްޕީއާރުސީގެ ފައިސާ އިން މަނީލޯންޑަރ ކުރުމުގެ ކުށުގައި ފަސް އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރަށްވަމުން ގެންދަވާ ކުރީގެ ރަައީސް އަބްދުﷲ ޔާމީން ގޭ ބަންދަށް ބަދަލު ކޮށްދިނުމަށް ޕްރޮގްރެސިވް ކޯލިޝަނުންނާއި އެމަނިކުފާނުގެ އާއިލާ އަދި ގާނޫނީ ވަކީލުންވެސް ތަކުރާރުކޮށް އެދެމުން ދިޔަ ނަމަވެސް އެކަމާއި ގުޅޭގޮތުން ކަރެކްޝަނުން އަދި ސަރުކާރުންވެސް ވަކިއެއްޗެއް ހާމައެއް ނުކުރެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން