މާދަމާ ބާއްވާ ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ފަހު ދައުރުގެ ފުރަތަމަ ޖަލްސާއަށް މިނިސްޓަރ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ މުޙައްމަދު އަސްލަމާއި ސުވާލު ކުރުމަށް އެޖެންޑާ ކޮށްފި އެވެ.

މާދަމާގެ ޖަލްސާގައި މިނިސްޓަރ އަސްލަމާއި ސުވާލު ކުރުމަށް ހުށަހަޅުއްވާފައިވަނީ މާވަށު ދާއިރާގެ މެންބަރު މުޙައްމަދު ސަޢީދެވެ. މިނިސްޓަރ އަސްލަމާއި ކުރައްވާ ސުވާލަކީ ދާދިފަހުން ރާއްޖޭގެ އެކި ސަރަޙައްދުތަކަށް ކުރި ވިއްސާރާގައި އުދަ އަރާ އެންމެ ބޮޑަށް ގެއްލުންވި ރަށްތަކުގެ ތެރޭގައި، ލ. މާވަށް ހިމެނޭތީ ލ. މާވަށަށް އުދައަރާ ސަރަޙައްދު ޙިމާޔަތްކުރުމުގެ މަސައްކަތް ފެށޭ ތަރީހެއް އޮޅުން ފިލުވުމަށެވެ. އަދި މާވަށުގެ ބިން ހިއްކުމަށްޓަކައި ކުރަންޖެހޭ ސަރވޭ ނިމި ކުރެހުންތަކަށް ކައުންސިލުގެ ރުހުންވެސް ލިބިފައިވާތީ މާވަށުގެ ބިން ހިއްކުމުގެ މަސައްކަތް ފެށޭނެ ތާރީޚަކީ ކޮބައިކަން އޮޅުން ފިލުވުމަށް ވެސް ސުވާލު ހުށައަޅުއްވާފައި ވެއެވެ.

މާދަމާގެ ޖަލްސާގައި ހިއުމަންރައިޓްސް ކޮމިޝަނާއި ނޭޝަނަލް އިންޓަރގްރިޓީ ކޮމިޝަންގެ މެމްބަރެއްގެ މަޤާމުގެ މުއްދަތު ހަމަވުމާއި ގުޅިގެން ހުޅުވާލި ފުރުސަތުގައި ކުރިމަތި ލެއްވި ފަރާތްތަކުގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާ މަޖިލީހަށް ފޮނުވާފައިވާ ނަންތައް ކޮމިޓީއަށް ފޮނުވުމަށްވެސް ވަނީ އެޖެންޑާކޮށްފައެވެ.

މާދަމާ މަޖިލިސް ޖަލްސާތައް ފަށާއިރު ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ދެވަނަ ދައުރަށް ހުށައެޅުނު މަސައްކަތުގެ 68 އިންސައްތަ މަސައްކަތް ނިންމައި މަޖިލީހުގެ މެންބަރުން ޗުއްޓީއަށް ވަޑައިގެންފައިވަނީ މިދިޔަ މަހުގެ 6 ވަނަ ދުވަހުގައެވެ.


ކިޔުންތެރިންގެ ހިޔާލު


4

ގައުމީ ލޯބި

06-Oct-2020

ޓޫރިޒަމްގެ ބާނީންނޭ ކިޔާ ރިސޯޓު މާލޭ ވަކި އާއިލާތަކަށް ރިސޯޓު 99 އަހަރަށް ދިނުމުގެ ފައިދާ ނުފެނުނެއްނޫންތޯ؟ ބިޔަ މުއްސަންދިން މަހުޖަނުންނަވެތިބެވެސް ޓެކްސް ފައިސާއިން ރިސޯޓު މާރކެޓުކުރުމާއި އެހީދިނުން. ނަމަވެސް ހާލުގައި ޖެހުނުގަޑީގައި މުވައްޒަފުން ކަތިލާ، ރަށަށް ފޮނުވާލީ. މިފޯމިއުލާއިން ދައުލަތަށްވެސް ދިވެހީންނަށް ވެސް މަންފާއެއް ނެތް. ވީމާ، އެންމެން ހިއްސާވާގޮތަށް ރިސޯޓުތަކުގެ އެއްބަސްވުންތައް ބަދަލުކުރުމަށް ގޮވާލަން. ވޯޓު ހޯދަން އާދޭ މިކަން ކޮށްފަ! ދައުލަތަށް %30 ހިންގާ ފަރާތަށް %40 އާންމުކޮށް ޕަބްލިކަށް %30 (ކޮންމެދިވެއްސަކަށް 100 ޝެއަރ) މި ނޫނީ ދިވެހީންނަށް ޓޫރިޒަމްގެ މަންފާއެއް ނުލިބޭނެ.



ޓްރެންޑިން