ޕެންޝަން އޮފީހާއި، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) މެދުވެރިކޮށް ހިންގަން އުޅޭ 2.4 ބިލިއަން ރުފިޔާގެ މާލީ މުއާމަލާތުގައި ކަންބޮޑުވުންތަކެއް އެބަހުރި ކަމަށް ޕެންޝަން އޮފީހުގެ ބޯޑު މެންބަރުކަމުން އިސްތިއުފާ ދެއްވި އަޙްމަދު ސަރުވަޝް އާދަމް ވިދާޅުވެއްޖެއެވެ.
އެމްއެމްއޭ އާއި، ޕެންޝަން އޮފީހުގެ މިމުޢާމަލާތާމެތު ހިތްހަމަ ނުޖެހިގެން ޕެންޝަން އޮފީހުގެ ބޯޑު މެންބަރު އަޙްމަދު ސަރުވަޝް އާދަމާއި، އެ އޮފީހުގެ ސީ.އެފް.އޯ ޙައްވާ ފަޖުވާ މިދިޔަ އަހަރު ވަނީ މަގާމުން އިސްތިއުފާ ދެއްވާފައެވެ. އަދި އެ އޮފީހުގެ ބޯޑުގެ ޗެއާޕާސަން އަޙްމަދު އީނާޒް ވެސް މިހާރު ވަނީ މަގާމުން އިސްތިއުފާ ދެއްވާފައެވެ.
މިކަމާ ގުޅިގެން ރާއްޖޭގެ އޮންލައިން މީޑިއާއަކަށް މިއަދު ދެއްވި ބަސްދީގަތުމެއްގައި ސަރުވަޝް ވިދާޅުވީ އެމްއެމްއޭއިން ފައިސާ ނެރުމަކީ ފައިސާގެ ސަޕްލައި އިތުރުވެ، ފައިސާ ޗާޕުކުރުން ކަމުގައި ބެލެވޭނެ ކަމަށެވެ.
އެގޮތުން އޭނާގެ އިސްތިއުފާގެ ސިޓީގައި ވެސް މިކަން ބަޔާންކުރައްވާފައިވާނެކަން ފާހަގަކުރައްވައި ސަރުވަޝް ވިދާޅުވީ، ޕެންޝަން އޮފީހުން ހިންގަން އުޅޭ މުއާމަލާތަކީ މާކެޓް ޓްރާންސެކްޝަނެއް ނަމަ އެކަމުގައި މައްސަލައެއް ނެތް ކަމަށެވެ. ނަމަވެސް، މި މުއާމަލާތުގައި އެމްއެމްއޭ ބައިވެރިވާ ހިސާބުން އެއީ މާކެޓް ޓްރާންސެކްޝަނަކަށް ނުވާތީ އެކަމުގެ ސަބަބުން އިގްތިޞާދަށް ނުރައްކާވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
"މިއީ ސެކަންޑްރީ މާކެޓް މެދުވެރިކޮށް ކުރާ ކަމެއް ކަމަށް ބުނެ އިގްތިޞާދަށް ކުރިމަތިވެދާނެ ނުރައްކާތަކަށް ނުވިސްނާތީ. އެމްއެމްއޭއިން ފައިސާ ނެރުނީމާ ފައިސާގެ ސަޕްލައި އިތުރުވަނީ، އެއީ ފައިސާ ޗާޕުކުރުން." ސަރުވަޝް ވިދާޅުވިއެވެ.
މިކަމާ ގުޅިގެން ޕެންޝަން އޮފީހުން ނެރުނު ބަޔާނުގައިވާ ކަންކަމަކީ ގޯސް ވާހަކަތަކެއް ނޫންކަން ފާހަގަކުރައްވަމުން އޭނާ ވިދާޅުވީ، ޑޮލަރުން ރިޓާން ލިބުމާއި ޕޯޓްފޯލިއޯ ސްޓްރަކްޗާ ކޮށްފައިވާ ގޮތުން ނޮމިނަލް ރިޓާންއެއް ލިބުމަކީ މައްސަލައެއް ނޫން ކަމަށެވެ. އެހެންނަމަވެސް، ސެކަންޑްރީ މާކެޓަށް އެމްއެމްއޭ އައުމުން އުފެދޭ ރިސްކުތަކުގެ ސަބަބުން ޕެންޝަން ޕޯޓްފޯލިއޯގެ ވެލިއު ދަށްވެގެން ހިނގައިދާނެ ކަމުގެ ބިރު އެބައޮތް ކަމަށް އޭނާ ވިދާޅުވިއެވެ.
ސަރުވަޝް ވިދާޅުވީ މި ވަގުތު ރާއްޖޭގެ އިގްތިޞާދަށް ބޭނުންވަނީ 'ކޮންޓްރެކްޝަނަރީ މަނިޓަރީ ޕޮލިސީ' އެއް ކަމަށެވެ. ސަބަބަކީ އިގްތިޞާދުގައި ދައުރުވާ ދިވެހި ފައިސާ ގިނަވުމުން، އެ ފައިސާ 'މޮޕްއަޕް' ކުރަން ޖެހޭ ވަގުތަކަށްވުމުން ކަމަށް އޭނާ ވިދާޅުވިއެވެ. އެމްއެމްއޭއިން ވެސް މީގެ ކުރިން ކޮންޓްރެކްޝަން ޕޮލިސީއެއްގެ މުހިންމުކަން ފާހަގަކޮށްފައިވާއިރު، ކުއްލިއަކަށް އިތުރު ރުފިޔާ އިގްތިޞާދަށް ވަންނަ ފަދަ 'އެކްސްޕޭންޝަނަރީ' ސިޔާސަތެއް ގެންނަން ޖެހުނު ސަބަބު އެމްއެމްއޭއަށް ބުނެނުދެވޭ ކަމަށް އޭނާ ވިދާޅުވިއެވެ.
ހަމައެއާއެކު ސަރުވަޝް ވިދާޅުވީ، އިގްތިޞާދު ކުރިއަރަމުން އަންނަ ދަނޑިވަޅެއްގައި ފައިސާ ދައުރުވާ މިންވަރު އިތުރުކުރުމަކީ އިންފްލޭޝަންގެ ރިސްކު ބޮޑުވާނެ ކަމެއް ކަމަށެވެ. އަދި މިކަން ކުރަން އުޅޭ އަސްލު ސަބަބަކީ ބަޖެޓަށް ފައިސާ ހޯދުން ކަމަށް ވާއިރު، އެކަން ކުރުމަށްޓަކައި މިފަދަ މުއާމަލާތެއް ހިންގުމުގެ ބަދަލުގައި ސަރުކާރުގެ ޚަރަދުކުޑަކޮށް ފައިސާ ސަލާމަތްކުރެވޭނެ ގޮތްތަކެއް ހޯދުމަކީ މުހިންމު ކަމެއް ކަމަށް ސަރުވަޝް ވިދާޅުވިއެވެ.
"ބަޖެޓަށް ފައިނޭންސިން ބޭނުންވާ މިންވަރު ކުޑަކުރެވެން އޮތް ހުރިހާ ކަމެއް ކުރަންޖެހޭ. މަނިޓަރީ ޕޮލިސީ އޮންނަންވާނީ ފިސްކަލް ޕޮލިސީއިން ދިމާވާ ކަންކަމަށް ހައްލު އަންނަ ގޮތަށް." ސަރުވަޝް ވިދާޅުވިއެވެ.
އޭނާ ވިދާޅުވި ގޮތުގައި އެކްސްޕޭންޝަނަރީ ފިސްކަލް ޕޮލިސީއެއްގެ ސަބަބުން އިގްތިޞާދަށް އަންނަ ޝޮކުތައް އިތުރަށް ގޯސްވެގެންދާނެއެވެ.
ސަރުވަޝް މިހެން ވިދާޅުވެފައިވާއިރު، މި މުޢާމަލާތާއި ގުޅިގެން އެމްއެމްއޭއިން ރޭ ބުނެފައިވަނީ، ފިނޭންސް މިނިސްޓްރީން ހުށަހަޅާފައިވާ 2.4 ބިލިއަން ރުފިޔާގެ އިންވެސްޓްމަންޓް ޕްރޮޕޯޒަލްގައި އިންވެސްޓުކުރަނީ ޤާނޫނާއި ގަވާއިދުތަކާ އެގޮތްވާގޮތުގެ މަތިން ކަމަށާއި، މި މުއާމަލާތުގެ ސަބަބުން ޕެންޝަން ފަންޑަކަށް އެއްވެސް ކަހަލަ ގެއްލުމެއް ނުވާނެކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު