އިސްލާމް ދީނަށް ފުރައްސާރަ ކުރުން އާންމުވެފައިވާތީ އެކަމަށް އެންމެ ހަރުކަށި ފިޔަވަޅު އަޅައިދިނުމަށް މާމިގިލީ ދާއިރާގެ މެންބަރު އަދި، ސަރުކާރު ކޯލިޝަންގައި ހިމެނޭ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް މިއަދު ގޮވާލައްވައިފިއެވެ.
ޖުމުހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، މިހާރަކަށް އައިސް މާތްﷲ ވޮޑިގެންނުވާ ކަމަށް ބުނަމުން ދިއުމާއި މާތް ރަސޫލާއަށް މަލާމާތްކޮށް ފާޅުގައި ފާޑުކިއުން އާންމުވެފައިވާ ކަމަށެވެ.
"ދީނަށް ފުރައްސާރަކޮށް ފާޑުކިޔުން އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރަން، މި ކަމަށް އެންމެ ހަރުކަށި ފިޔަވަޅު އަޅަން ގޮވާލަން." ގާސިމްގެ ޓުވީޓްގައި ވިދާޅުވިއެވެ.
ގާސިމް މިގޮތަށް ގޮވާލައްވާފައިވަނީ މާލެ މަގުމަތީގައި އިންޑިއާ މީހަކު މަސްތުގެ ހާލުގައި ހުރެ އިސްލާމް ދީނަށް ފުރައްސާރަ ކުރާ ވީޑިއޯއެއްގެ މައްސަލައެއް ފެންމަތިވެ އެ ވީޑިއޯ މީސް މީޑިއާގައި ދައުރުވެ ގިނަ ބަޔެއްގެ ފާޑުކިޔުން އަމާޒުވެފައިވާ ދަނޑިވަޅެއްގައި ކަން ފާހަގަކޮށްލެވެއެވެ. އެމީހާ ފުލުހުން ހައްޔަރުކޮށް ބަންދުގެ މުއްދަތު ޖެހުމަށް ކޯޓަށް ހާޒިރުކުރުމުން ކޯޓުން ވަނީ އޭނާ ދޫކޮށްލާފައެވެ.
މިކަމާއި ގުޅިގެން ވަރަށް ގިނަ ދީނީ ޢިލްމް ވެރިންވެސް ދަނީ ނުރުހުން ފާޅުކޮށް ސަރުކާރަށް ފާޑުކިޔަމުންނެވެ. އަދި އެފަދަ ކަންކަން ރާއްޖޭގައި އާންމު ވެފައިވަނީ ޑިމޮކްރެސީއާއި އިންސާނީ ހައްގުތައް ހިމާޔަތް ކުރުމުގެ ނަމުގައި ރާއްޖޭގައި ހިންގާ ބައެއް އަމިއްލަ ޖަމިއްޔާތަކުން ވަރަށް ފާޅުކަން ބޮޑު ގޮތެއްގައި އިސްލާމްދީނާއި ދެކޮޅަށް ރިޕޯޓްތައް ނެރެ ދީނީ ކަންކަމަށް ފާޑުކިޔާ ހަޖޫ ޖަހަމުންދާތީކަން އެފަދަ ފަރާތްތަކުން ފާހަގަ ކުރެއެވެ.

“ Mi haarakah ais may Allah vodigen Nuvaa kamah bunamun dhiumaa Rasoolaa ah Thafaathu goiy gothah dhimaakoh Eki kahala malaamaykoh faalhugai faadu kiun mi Qaumugai kiyamun gendhaa kan enme haru kashi ibaaraathun kuhveri kuran mikamah enme harukashi fiyavalhu alhan govaalan .
— Qasim Ibrahim (@qasimibrahim) October 4, 2020
ގާސިމް މިގޮތަށް ގޮވާލައްވާފައިވަނީ މާލެ މަގުމަތީގައި އިންޑިއާ މީހަކު މަސްތުގެ ހާލުގައި ހުރެ އިސްލާމް ދީނަށް ފުރައްސާރަ ކުރާ ވީޑިއޯއެއްގެ މައްސަލައެއް ފެންމަތިވެ އެ ވީޑިއޯ މީސް މީޑިއާގައި ދައުރުވެ ގިނަ ބަޔެއްގެ ފާޑުކިޔުން އަމާޒުވެފައިވާ ދަނޑިވަޅެއްގައި ކަން ފާހަގަކޮށްލެވެއެވެ. އެމީހާ ފުލުހުން ހައްޔަރުކޮށް ބަންދުގެ މުއްދަތު ޖެހުމަށް ކޯޓަށް ހާޒިރުކުރުމުން ކޯޓުން ވަނީ އޭނާ ދޫކޮށްލާފައެވެ.
މިކަމާއި ގުޅިގެން ވަރަށް ގިނަ ދީނީ ޢިލްމް ވެރިންވެސް ދަނީ ނުރުހުން ފާޅުކޮށް ސަރުކާރަށް ފާޑުކިޔަމުންނެވެ. އަދި އެފަދަ ކަންކަން ރާއްޖޭގައި އާންމު ވެފައިވަނީ ޑިމޮކްރެސީއާއި އިންސާނީ ހައްގުތައް ހިމާޔަތް ކުރުމުގެ ނަމުގައި ރާއްޖޭގައި ހިންގާ ބައެއް އަމިއްލަ ޖަމިއްޔާތަކުން ވަރަށް ފާޅުކަން ބޮޑު ގޮތެއްގައި އިސްލާމްދީނާއި ދެކޮޅަށް ރިޕޯޓްތައް ނެރެ ދީނީ ކަންކަމަށް ފާޑުކިޔާ ހަޖޫ ޖަހަމުންދާތީކަން އެފަދަ ފަރާތްތަކުން ފާހަގަ ކުރެއެވެ.
ކިޔުންތެރިންގެ ހިޔާލު