ޖުމުހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް އެންމެ ފަހުން ކައިވެނި ބައްލަވައިގެންނެވި ރާނިޔާ އާއި ގުޅޭގޮތުން ހަގީގަތާއި ޚިލާފު ދޮގު ވާހަކަތަކެއް ޝޯޝަލް މީޑިޔާގައި ބަޔަކު ފަތުރަމުންދާތީ އެކަން ގާސިމް އިބްރާހިމް ކުށްވެރިކުރައްވައިފިއެވެ.
ޖުމުހޫރީ ޕާޓީގެ ލީޑަރު އަދި ވިޔަފާރިވެރިޔާ ގާސިމް އިބްރާހިމް ދާދިފަހުން ވަނީ އދ.މާމިގިއްޔަށް ނިސްބަތްވާ އުމުރުން 20 އަހަރުގެ އަންހެން ބޭކަނބަލަކާއި ކައިވެނި ބައްލަވައިގެންފައެވެ. ގާސިމް ޒުވާން އަންހެން ބޭކަނބަލަކާއި ކައިވެނި ބައްލަވައިގަތްފަހުން އެ ދެކަނބަލުންގެ އަގު ވައްޓާލުމަށް ޝޯޝަލް މީޑިޔާގައި ހަގީގަތާއި ޚިލާފު ދޮގު ވާހަކަތަކެއް ދަނީ ފަތުރަން ފަށާފައެވެ.
އެގޮތުން ގާސިމް އާއި އަނބިކަބަލުންގެ ފޮޓޯތައް އެޑިޓްކޮށް، ޗެޓްލޮގުތަކެއް ހަދައި ބަޔަކު ގެންދަނީ ޝޯޝަލް މީޑިޔާގައި އެ ވާހަކަތައް ފަތުރަމުންނެވެ.ދައުރުވަމުންދާ އަނބިކަބަލުންގެ ފޮޓޯތަކާއި ޗެޓްލޮގުތަކާއި ގުޅިގެން ގާސިމް އިބްރާހިމް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، އެއީ މީގެ ތިން އަހަރެއްހާ ދުވަސްކުރިން އެމަނިކުފާނުގެ އަނބިކަބަލުންގެ ފޭސްބުކް އައިޑީ ހެކްކޮށް އުފައްދައިފައިވާ ލިޔުންތަކާއި ފޮޓޯތަކެެއް ކަމަށެވެ. ޢެއީ އެމަނިކުފާނުގެ އަނބިކަބަލުން ބްލެކް މެއިލް ކުރުމަށް ބަޔަކު ކުރި ކަމެއް ކަމަށް ގާސިމް އިބްރާހިމް ވިދާޅުވިއެވެ.
"މިކަން ފުލުހުންނަށް ވެސް އެނގިވަޑައިގަންނަވާނެ، މިއީ ރާނިޔާ ބްލެކް މެއިލް ކުރަން ބަޔަކު ކުރިކަމެއް، އެކަމަކު އެކަން ވެސް ކާމިޔާބެއް ނުކުރެވުނު." ގާސިމް ވިދާޅުވިއެވެ.
މާމިނގިލީ ދާއިރާގެ މެންބަރުކަން ވެސް ކުރަށްވާ ގާސިމް ވަނީ، އެމަނިކުފާނު ރާނިޔާއާއި ކައިވެނި ބައްލަވައިގަތުމުން އެ ދެކަނބަލުންގެ އަގު ވައްޓާލުމަށް މީޑިޔާގައި ބަޔަކު މީހުން ހަގީގަތާއި ޚިލާފު ވާހަކަތަކެއް ފަތުރަމުންދާތީ އެކަން ހަރުކަށި އިބާރާތުން ކުށްވެރިކުރަށްވާފައެވެ. ވިޔަފާރިވެރިޔާ ގާސިމްގެ އެންމެ ހަގު އަނބިކަނބަލުންގެ ގޮތުގައި މިހާތަނަށް އިންނެވީ ޓްރާންސްޕޯޓް މިނިސްޓަރ އައިޝަތު ނަހުލާ އެވެ.
ގާސިމް އިބްރާހިމްގެ އަނބިކަބަލުން ރާނިޔާގެ އެޑިޓްކޮށްފައިވާ ފޮޓޯތަކާއި ޗެޓް ލޮގްތަކެއް ދައުރުވަމުންދާއިރު، ސިޔާސީ މީހުންގެ އަގުވައްޓާލުމަށް މިފަދަ ޗެޓްލޮގްތަކާއި ފޮޓޯތައް އެޑިޓްކޮށް ދައުރުކުރުމަކީ ވަރަށް އާންމު ކަމެކެވެ. އެއީ މިޒަމާނުގައި ހަމަ ކޮންމެ މީހަކަށް ވެސް ވަރަށް ފަސޭހައިން ކޮށްލެވޭނެ ކަމެކެވެ. އެގޮތުން މީސްމީހުންގެ އެފްބީ އައިޑީތައް ހެކްކޮށް އެމީހެއްގެ ނަމުގައި އެހެން މީހުންނާއި ވާހަކަ ދައްކާ ފޮޓޯ ފޮނުވާފައިވާ މައްސަލަތައް މިފަހުން ވެސް ފެންމަތިވެފައިވެއެވެ. އަދި މީހުންގެ އައިޑީއާއި އެއްގޮތަށް ވަގު އައިޑީ ހަދައިގެން ވާހަކަތައް ލިޔެ ޓްވީޓްކޮށް ހެދުމަކީ މިހާރު ވަރަށް އާންމު ކަމެކެވެ.
ގާސިމް އިބްރާހިމް އުމުރުން 20 އަހަރުގެ ޒުވާން ކަނބަލަކާއި ކައިވެނި ބައްލަވައި ގައުމުން މީސް މީޑިއާގައާއި ބައެއް އާންމު މީޑިއާ ތަކުގައި ފާޑުކިޔާފައިވާއިރު އެކަމަށް ތަޢުރީފުކޮށް އެކަމާއި އެއްކޮޅަށް ވެސް ގިނަ ބަޔަކު ދަނީ ވާހަކަ ދައްކަމުންނެވެ. އުމުރުން ހަގު ކުދިންނާއި ކައިވެނި ކުރުމާއި ގުޅޭގޮތުން ބައެއް ފަރާތްތަކުން ދައްކަމުން ގެންދާ ވާހަކަތަކަށް ނަފުސާނީ ބަލިތަކުގެ މަޝްހޫރި ޑޮކްޓަރ، ޑރ.އާއިޝަތު އަލީ ނާޒް ވެސް ވަނީ ރައްދުދެއްވާފައެވެ.
ޑރ. ޢާއިޝަތު އަލީ ނާޒް ކުރެއްވި ފޭސް ބުކް ޕޯސްޓެއްގައި ވިދާޅުވީ، އެމީހަކު އިންނާނީ ކޮން އުމުރެއްގެ މީހަކާއިތޯ ނިއްމުމަކީ އެމީހެއްގެ އަމިއްލަ ކަމެއް ކަމަށެވެ. ބައެއް މީހުން އަންހެން ކުދިންނާއި އިންނާނެ ކަމަށް ބުނެ ފޮނި ހުވަފެންތައް ދައްކައި އެކުއްޖާގެ އިހުސާސްތަކާއި ކުޅެ "ބޭނުންކޮށްލުމަށްފަހު" ނީނދެ އެއްލާލަނީ ކަމަށް ނާޒް ވިދާޅުވިއެވެ. އޭނާ ވިދާޅުވީ، ފިރިއަކު އަންބަކު ބޭނުންވެފައިވާ އެތައް ބަޔަކު މިހާރު ވެސް އެބަތިބި ކަމަށެވެ.
"ރުޅި އަންނަންވީ އިންނާނަމޭ ކިޔާފަ އުއްމީދުކޮޅު ވެއްޔާ މޮޑެލާފަ، ޖީއެފް އަށް، އޯކޭ، އިންނަން އޯކޭ އެއްނޫން ކަމަށް ހެދުން. ޖީއެފް (ގާލް ފްރެންޑް) އަށް ފަސޭހައިން ހެދޭ. ހެސް ކިޔާފަ ކޮފީއަށް ގޮވައިގެން ދެވޭ. ހޭބޯ ނެތި ޗެޓް ކުރެވޭ. އެކަމަކު ކައިވެނި ސަޔާ ކައިވެނި ސެޓްފިކެޓާއި އަންބެއް، ފިރިއެއްގެ ދަރަޖަ ނުދެވޭ މީހުން ހަމަ ގިނައީ. ޑރ. ނާޒުގެ ތަޖުރިބާއިން މުހިންމު ފިލާވަޅުތަކެއް ހިއްސާ ކުރަށްވަމުން ވިދާޅުވެފައި ވެއެވެ.
ޑރ.ނާޒު ވަނީ ކައިވެނި ކުރަން ބޭނުންވީމާ މީހަކު ކިޔާނެ އެއްޗަކަށް ނުބަލާ، ޤާސިމާއި ރާނިޔާ ކައިވެނި ބައްލަވައި ގަތުމުން އެކަމަށް މަރުހަބާ ވެސް ވިދާޅުވެފައެވެ. އަދި ލޯބިން ގުޅިގެން އަރާމުގައި އުފަލުގައި އުޅުއްވުމަށް ވެސް ނާޒް ވަނީ ހިތްވަރު ދެއްވާފައެވެ.
ގާސިމް އިބްރާހީމް އުމުރުން ހަގު ބޭފުޅަކާ ކައިވެނި ބައްލަވައި ގެންނެވުމުން ފާޑުކިޔާ ޓްވީޓް ކުރި މީހަކަށް ޖަވާބުދީ ރަށްދު ދިން މީހަކު ބުނެފައިވަނީ "ހަމަ ޖޭ ވަނީ" ކަމަށެވެ. މިކަމުގައި ބައެއް ދީނީ ޢިލްމް ވެރިން ވިދާޅުވެފައިވަނީ މީހަކު މީހަކާ ކައިވެނި ކުރުމަކީވެސް އަދި ވަރި ކުރުމަކީވެސް އެހެން މީހަކާ ބެހޭ ކަމެއް ނޫން ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު