ފިލްމީ ތަރި މުހައްމަދު ޔުނާން އާއި އޭނާގެ އަންހެނުން ފާތިމަތު ރިހުލާ
ފިލްމީ ތަރި މުހައްމަދު ޔުނާން އާއި އޭނާގެ އަންހެނުން ފާތިމަތު ރިހުލާ
ފިލްމީ ތަރި ޔުނާން އާއި އޭނާގެ އަންހެނުން ހައްޔަރު ކުރީކީ ނޫން ކަމަށާއި ދިނީ ރައްކާތެރި ކަން ކަމުގައި ފުލުހުން ބުނެފިއެވެ.

ޔުނާން އާއި ރިހުލާ ފުލުހުންގެ ބެލުމުގެ ދަށައް ގެނައީ އެދެމީހުން ހައްޔަރުކުރުމަށް ގޮވާލާ ހުޅުމާލޭގައި އެ ދެމީހުން ދިރިއުޅެމުންދާ ގެ ކައިރީގައި މިއަދު ހަވީރުން ފަށައިގެން ބަޔަކު މުޒާހަރާކުރަމުންދަނިކޮށެވެ. މި ދެމަފިރިން ދިރިއުޅޭ ގެ ކައިރިއަށް ބަޔަކު މީހުން އެއްވެ މުޒާހަރާ ކުރީ އާއިލާގެ ކުޑަ ދެ ކުއްޖަކަށް ޖިންސީ ގޯނާ ކުރިކަމަށް ބުނެ އެވެ.

މުޒާހަރާ ކުރަން ފެށިތާ އިރުގަނޑެއް ފަހުން ފުލުހުންގެ ވެހިކަލް އަކަށް އަރުވައިގެން ޔުނާން އާއި ރިހުލާ ވަނީ ގެންގޮސްފައެވެ. ފުލުހުންގެ އިދާރާ އިން ބުނީ އެ ސަރަހައްދުން ފުލުހުންގެ ވެހިކަލްގައި ޕޮލިސް ސްޓޭޝަނަށް ގެނެސްފައިވަނީ، އަމިއްލައަށް ރައްކާތެރިކަމަށް އެދުނު ދެމީހަކު ކަމަށެވެ.

ޔުނާން އަދި ރިހުލާގެ މައްޗަށް ތުހުމަތު ކުރަނީ އިތުބާރު ކުރެވޭ މަގާމެއްގައި ހުރެގެން 18 އަހަރު ނުފުރޭ ދެ ކުޑަކުއްޖަކާއިއެކު ޖިންސީ ގުޅުން ހިންގި ކަމުގެ ތުހުމަތު ކަމަށް ބައެއް މީޑިޔާ ތަކުގައި ރިޕޯޓްކޮށްފައިވެއެވެ.

މިމައްސަލަ ފެންމަތިވެ މިއަދު ހަވީރު ވަނީ އެ ދެމަފިރިން ދިރިއުޅޭ ގޭގެ ކައިރިއަށް ގިނަ ބަޔަކު އެއްވެ އެދެމީހުން ހައްޔަރު ކުރުމަށް ގޮވާލައި އެތައް އިރެއް ވަންދެން މުޒާހަރާ ކޮށްފައެވެ. މުޒާހަރާ ކުރަމުންދަނިކޮށް ފޯރިމަރަން އެސަރަހަށްދަށް ފުލުހުންވެސް ފަހުން ވަނީ ގޮސްފަ އެވެ.

ފުލުހުންގެ އިދާރާ އިން ބުނީ، ހުޅުމާލޭގައި އުމުރުން 15 އަހަރުގެ ފިރިހެން ކުއްޖަކާއެކު އިތުރު ދެ މީހަކު ގަދަކަމުން ބަދުއަޚްލާގީ އަމަލު ހިންގި ކަމަށް ތުހުމަތު ކުރެވޭ މައްސަލައެއް އިއްޔެ ހަވީރު 16:00 ހާއިރު ފުލުހުންނަށް ހުށަހެޅުނު ކަމަށެވެ. އަދި މި މައްސަލައާ ގުޅިގެން މިހާތަނަށް މީހަކު ހައްޔަރުކޮށްފައި ނުވާ ކަމަށް ފުލުހުން ބުނެ އެވެ. ފުލުހުން ބުނީ މި މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން