މިވަގުތަކީ ސިޔާސީ ފަރާތްތަކުގެ މެދުގައި އޮތް ވާދަވެރިކަން ދޫކޮށް އެންމެން އަތުގުޅާލައިގެން އިޤްތިޞާދު ކޮޅައްޖަހަންވީ ވަގުތު ކަމުގައި ރައްޔިތުންގެ މަޖިލީހުގެ މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް ވިދާޅުވެއްޖެ އެވެ.

ކޯވިޑް-19 އާއި ގުޅިގެން ރާއްޖޭގެ އިޤްތިޞާދަށް އައިސްފައިވާ ހީނަރުކަމުން އަރައިގަތުމަށް ކުރަންޖެހޭ މަސައްކަތްތަކަށް އަލި އަޅުވާލައްވަމުން ޝަރީފް ވިދާޅުވީ ސިއްހީގޮތުން ގައުމު މިވަގުތު ތަހައްމަލު ކުރަމުންދާ ކަންތައްތަކުގެ އިތުރަށް އޭގެ ތެރެއަށް ސީޔާސީ ވާދަވެރިކަން ވެއްދުމަކީ މިވަގުތު ގައުމަށް އިތުރު ނޭދެވޭ އަސަރުތަކެއް ކުރާނެކަމެއްކަމަށެވެ.

"މިވަގުތަކީ ސިޔާސީ ފަރާތްތަކުންވެސް އަތުގުޅާލާ ސަރުކާރުން އިގްތިސާދު ކޮޅަށްޖެހުމަށް ކުރާ މަސައްކަތުގައި އެއްބާރުލުންދޭންވީ ވަގުތު. އަދި ކެމްޕެއިން ކުރާނަމަ ނަހަމަގޮތުގައި ސިޔާސީ ނުވާންވީ ވަގުތު." ޝަރީފް ވިދާޅުވި އެވެ.

ގިނަ ފަތުރުވެރިންތަކެއް ރާއްޖެ އެތެރެވުމުން ފެންނަނީ، ސަރުކާރުންނާއި އަމިއްލަ ފަރާތްތަކުން ރާއްޖޭގެ ފަތުރުވެރިކަން އަލުން އިޔާދަ ކުރުމަށް ކުރެވޭ މަސައްކަތްތަކުގެ ކާމިޔާބީކަމަށާއި، އުއްމީދަކީ އަދިވެސް ރާއްޖޭގެ ފަތުރުވެރިކަން، ކޯވިޑްގެ ބަލިމަޑުކަމުގެ ކުރިން އޮތް ފެންވަރަށް ގޮސް މިއަންނަ އަހަރުތެރޭގައި ރާއްޖޭގެ އިގްތިސާދު ކޮޅަށްޖެހުންކަމަށް ޝަރީފު ވިދާޅުވިއެވެ.

"މީގަ އަޅުގަނޑުމެން އެންމެންވެސް ގަބޫލު ކުރަންޖެހޭނެ ކަމަކީ، އެކި ގޮތްގޮތުން ގައުމުގެ އިގްތިސާދަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކެއްގެ ތެރެއިންވެސް ގައުމުގެ މާލިއްޔަތު ދެމެހެއްޓުމަށްޓަކާ މިސަރުކާރުން ވަނީ ހުޝިޔާރުކަމާއެކީ ފިޔަވަޅުތަކެއް އަޅާފަ. މިގޮތުން ކުދި ވިޔަފާރި ތަކާ ހަމައަށްވެސް ސަރުކާރުގެ އެހީތެރިކަން ވަނީ ފޯރުކޮށްދެވިފަ." ޝަރީފް ވިދާޅު ވިއެވެ.

ލޯނުގެ އެހީތަކުން ގައުމުގެ އިގްތިސާދު ދަމަހައްޓާ އިގްތިސާދު ކޮޅަށްޖެހުމަށް ކުރެވޭ މަސައްކަތުގެ އަލި މަގެއް ފެނުނު ނަމަވެސް، އުއްމީދު ކުރި ވަރަށް ފަތުރުވެރިން އައިސްފައި ނުވުމުން، އިގްތިސާދު ކޮޅަށްޖެހުމަށް ކުރެވޭ މަސައްކަތް އަދި މުޅިން ފުރިހަމަ ނުވާކަމަށް ޝަރީފް ވިދާޅުވި އެވެ. އަދި ގިނަ ތަކެތީގެ ބޭނުން ޖެހޭލެއް މަދު ކަމުން ތަކެތީގެ އަގު އުފުލިފައި ވާކަންވެސް މިއީ އިގްތިސާދަށް ކުރިމަތިވެފައިވާ ގޮންޖެހުމެއްކަމަށް ޝަރީފު ވިދާޅުވިއެވެ.

އިގްތިސާދެއް އަލުން އިޔާދަކޮށް ކުރިއެރުވުމަށް އެންމެ ބޭނުންވާނެ އެއްޗަކީ ހަމަހަމަ ކަމާއެކު ހެދިފައިވާ ފިސްކަލް އަދި މަނިޓަރީ ސިޔާސަތުތައް ކަމަށްވާއިރު ސަރުކާރާއި ރައްޔިތުންގެ މަޖިލީހުން މި ސިޔާސަތުތައް ފެށުމަށް މަސައްކަތް ކުރަންޖެހިފައިވާ ކަމަށް ޝަރީފް ވިދާޅުވި އެވެ.


ކިޔުންތެރިންގެ ހިޔާލު


-5

ކިނބޫ

06-Oct-2020

އިގްތިސާދު ބަނޑު އަޅާލަނީނު ކޮންމެ ފަހަރަކު. މިފަހަރުވެސް ކައިގެން ރައްކާވޭ. އިގްތިސާދު ކޮޅަށް ޖެހޭވަރު މީހުން އުޅޭނެ މި ގައުމުގަ. އެކަމަކު ދެން ވައި ނޭޅޭތި.



ޓްރެންޑިން