ހއ. ހޯރަފުށީގެ ފަޅުން ހިއްކި ސަރަހައްދުގައި ތަރައްގީކުރަމުން އަންނަ އެއާޕޯޓް ހަދަނީ އެއަރޕޯރޓަށް ވަކިން ލަފައި ފުރޭނެ ގޮތަށް ކަމުގައި މިނިސްޓަރ އޮފް ނެޝަނަލް ޕްލޭނިންގ ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ މުޙައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.

މީހުން ދިރިއުޅޭ 14 ރަށް އޮންނަ ހއ އަތޮޅުގެ 12 ރަށަކުން ވަނީ އެކަމާ ގުޅޭ ކަންބޮޑުވުންތަށް ރައީސަށް ހިއްސާކުރައްވައިފަ އެވެ. އެމްޓީސީސީއާ ހަވާލުކޮށްގެން ހަދަމުން އަންނަ އެއާޕޯޓުގެ ބޮޑުބައެއް ނިމިފައިވާއިރު މިހާރު ކުރަމުން އަންނަނީ ޓާމިނަލާ ގުޅޭ ކަންކަމެވެ. އެ އެއާޕޯޓު ތަރައްގީ ކުރުމަށްޓަކައި 842،200 އަކަ މީޓަރުގެ ބިން އެ ކުންފުނިން ވަނީ ހިއްކައިފަ އެވެ.

ހޯރަފުށީ އެއާރޕޯޓަށް އަތޮޅުގެ އެހެން ރަށްޔިތުންނަށް އަރައިފޭބޭނެ ގޮތެއް ފަހިކޮށްދިނުމަށް ވަކިން ފާލަމެއް އެޅުމާއިމެދު ސަރުކަރުގެ ވިސްނުން ހުރިގޮތެއް އޮޅުން ފިލުވުމަށް މިއަދުގެ މަޖިލީހުގެ ޖަލްސާގައި އިހަވަންދޫ ދާއިރާގެ މެމްބަރު މުހައްމަދު ޝިފާއު ކުރެއްވި ސުވާލުގެ ޖަވާބުގައި މިނިސްޓަރ އަސްލަމް ވިދާޅުވީ ވަކިން އެއަރޕޯޓަށް އަރައިފޭބޭނެ ގޮތްތަކެއް އަތޮޅުގެ އެހެން ރައްތަކަށް ފަހިކޮށް ދިނުމަށް ވަކި ފާލަމެއް އަޅަން ހަމަޖެހިފައިވާކަމަށެވެ.

ހޯރަފުށީ އެއާޕޯޓު ތަރައްގީ ކޮށް ނިމޭއިރު 1.2 ކިލޯމީޓަރުގެ ރަންވޭއަކާއި 8635 ސްކޮޔާ މީޓަރުގެ އޭޕްރަން އަކާއި ޓެކްސީ ވޭއެއްގެ އިތުރުން ސާވިސް މަގުތަކާއި، ޕާކިން އޭރިއާއަކާއި ފަޔާ އެކްސެސް މަގެއް ވެސް ހިމެނޭނެ އެވެ. އަދި އެއާޕޯޓު ވަކިކުރުމަށް 720 މީޓަރު ސަރަހައްދެއްގައި ފެންސް ޖެހުމަށް ވަނީ ނިންމާފަ އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން