ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް، އެޗްއާރުސީއެމްއާއި އެންއައިސީގެ މެންބަރުކަމަށް އައްޔަންކުރުމަށް ރުހުން ހޯދުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް އިސްކަންދެއްވާ ނަންތައް ރައްޔިތުންގެ މަޖިލީހަށް ފޮނުއްވައިފިއެވެ.

އެޗްއާރުސީއެމް އިން ހުސްވެފައިވާ މަޤާމަށް އައްޔަން ކުރުމަށް ރައީސުލް ޖުމްހޫރިއްޔާ އިސްކަން ދެއްވާފައިވާ 4 ބޭފުޅުންނަކީ މަރިޔަމް މުނާ/މ.ބާރަނާގެ ކ.މާލެ، އަލްއުސްތާޛް އަހުމަދު ސަމީނު/ ފިނިވާގެ އއ.ތޮއްޑޫ، އަލްއުސްތާޛާ މަހީރާ މުޙައްމަދު/ ހިޔާވަހި ޅ.ހިންނަވަރު އެވެ.

މި ތިން ނަންފުޅަށް ރުހުން ހޯއްދެވުމަށް މަޖިލީހަށް ރައީސުލްޖުމްހޫރިއްޔާ ފޮނުއްވެވި ސިޓީފުޅުގައި ވަނީ އެމަޤާމަށް ކުރިމަތިލައްވާފައިވާ ބޭފުޅުންގެ ތެރެއިން ޝަރުތު ހަމަވާ ހުރިހާ ބޭފުޅުންގެ ނަންތައްވެސް ހިމަނުއްވާފައެވެ. މަޖިލީހަށް ރައިސުލްޖުމްހޫރިއްޔާ ފޮނުއްވާފައިވާ ސިޓީފުޅުގައި ހިމަނާފައިވާ ނަންފުޅުތަކަށް ރުހުން ހޯ ދުމުގެ މައްސަލަ ދިރާސާކުރުމަށް ވަނީ ހިއުމަން ރައިޓްސް އެންޑް ޖެންޑަރ ކޮމިޓީއަށް މިއަދު ފޮނުއްވާފައެވެ.

ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަންގެ މެންބަރުކަމަށް އައްޔަންކުރުމަށް ރުހުން ހޯއްދެވުމަށްވެސް ރައީސުލްޖުމްހޫރިއްޔާ ވަނީ މަޖިލީހަށް ނަންތައް ފޮނުއްވާފައެވެ. އެންއައިސީގެ މެންބަރުކަމަށް ކުރިމަތިލެއްވި ބޭފުޅުންގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާ އިސްކަންދެއްވާފައިވާ ނަންފުޅަކީ ޅ. ނައިފަރު ނިކަގަސްދޮށުގޭ، ޤާސިމް ޢަބްދުލްކަރީމަށެވެ. އަދި އެމަޤާމަށް ކުރިމަތިލެއްވި އެހެން ބޭފުޅުންގެ ނަންތައްވެސް ރައީސްގެ ސިޓީފުޅުގައި ވަނީ ހިމަނުއްވާފައެވެ. މިމައްސަލަ ދިރާސާކުރުމަށް ފޮނުއްވާފައި ވަނީ މިނިވަން މުއައްސަސާތަކުގެ ކޮމިޓީއަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން