ހެލްތު މިނިސްޓްރީއާ ވަގުތީ ގޮތުން ހަވާލުވެ ހުންނެވި ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމް
ހެލްތު މިނިސްޓްރީއާ ވަގުތީ ގޮތުން ހަވާލުވެ ހުންނެވި ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމް
ކޮވިޑް-19 ޖެހޭ މީހުންގެ އަދަދު 40 އާ ހަމައަށް ތިރިވާން ދޮޅު މަސް ދުވަސް ނަގާނެ ކަމަށް ލަފާ ކުރެއްވޭ ކަމުގައި ހެލްތު މިނިސްޓްރީ ހިންގުމާ ވަގުތީ ގޮތުން ހަވާލުވެ ހުންނެވި ހައުސިންގ މިނިސްޓަރު މުހައްމަދު އަސްލަމް ރައްޔިތުންގެ މަޖިލިހުގައި މިއަދު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގައި މެމްބަރަކު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން މިނިސްޓަރ އަސްލަމް ވިދާޅުވީ ދުވާލެއްގެ މައްޗަށް ކޮވިޑް-19 ޖެހޭ މީހުންގެ އަދަދު 40 އާއި ހަމައަށް ތިރިވާން ދޮޅުމަސް ދުވަސް ނަގާނެ ކަމަށް ލަފާ ކުރެއްވޭ ކަމަށެވެ. އެކަމަކު، އެއީ ކޮވިޑްގެ އިތުރު ރާޅެއް ރާއްޖެއަށް ނާރައިފި ނަމަ ކަމަށް އަސްލަމް ވިދާޅުވިއެވެ. ކޮވިޑް-19 އާ ގުޅިގެން ރާއްޖެއަށް އެރި ދެ ވަނަ ރާޅާ އެކު، މިހާރު ވަނީ ޑިކްލައިން ނުވަތަ އަދަދުތައް ދަށަށް ދިއުމުގެ މަގުމަތީގައި ކަމަށް އަސްލަމް ފާހަގަކުރެއްވިއެެވެ.

"އަޅުގަނޑުމެންގެ ރިޕްރޮޑަކްޝަން ނަންބަރު ހުރީ ޖަސްޓު ބިލޯ ވަންގައި. އަޅުގަނޑުމެންގެ ކޭސަސް ޕަ 100،000 ހުރީ 140 ގައި. އެއީ 14 ދުވަހުގެ މުއްދަތަކަށް ބަލާ ކަމުގައިވާ ނަމަ، ކޭސްތައް 40 އާއި ހަމަޔަށް ތިރިވާން ދޮޅުމަހެއްހާ ދުވަސް ނަގާނެ އިތުރު ވޭވެއް ނައިސްފި ކަމަށް ވާނަމަ." ރާއްޖޭގައި ކޮވިޑް އޮތް ހާލަތު ބަޔާންކުރައްވަމުން މިނިސްޓަރު ވިދާޅުވިއެވެ.

ފުރަބަންދަށް ލުއިތައް ދޭން ފެށި ފަހުން، ދުވާލެއްގެ މައްޗަށް ކޮވިޑް-19 ޖެހޭ މީހުންގެ އަދަދު 100 އަށް ވުރެ މައްޗަށް ވެސް ވަނީ އަރައިގެން ގޮސްފައެވެ. އަދި ބައެއް ދުވަސް ދުވަހު، 200 އަށް ވުރެ މައްޗަށް ވެސް އަރައިގެން ދިޔަ ނަމަވެސް މިހާރު ކޮވިޑް-19 ޖެހޭ މީހުންގެ އަދަދު ވަނީ ދަށައް ދާން ފަށާފައެވެ.

އެގޮތުން ދުވާލެއްގެ މައްޗަށް ކޮވިޑް-19 ޖެހޭ މީހުންގެ އަދަދު މިހާރު އުޅެނީ 80 އަށް ވުރެ ދަށުގައެވެ. ރާއްޖެ އިން މިހާތަނަށް 10،530 މީހަކު ވަނީ ކޮވިޑް-19 އަށް ޕޮޒިޓިވްވެފައެވެ. ބަލިން ރަނގަޅުވެފައި ވަނީ 9364 މީހުންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން