ފިލްމީތަރި ޔުނާން އާއި އަންހެނުން ރިހުލާ:ބަދު އަޚުލާގީ މައްސަލައެއްގައި ވަނީ ހައްޔަރުކޮށްފައި
ފިލްމީތަރި ޔުނާން އާއި އަންހެނުން ރިހުލާ:ބަދު އަޚުލާގީ މައްސަލައެއްގައި ވަނީ ހައްޔަރުކޮށްފައި
ކުޑަ ފިރިހެންކުއްޖަކާއި ބެހުނު ކަމުގެ ތުހުމަތުގައި ފިލްމީތަރި މުހަންމަދު ޔުނާން އާއި އަންހެނުން ރިހުލާ ހައްޔަރުކޮށްފިއެވެ.

ފިލްމީ ތަރި ޔުނާން އާއި އޭނާގެ އަނބިމީހާ ފާތިމަތު ރިހުލާގެ މައްޗަށް ފުލުހުން ތުހުމަތު ކުރަނީ އާއިލާގެ ކުޑަފިރިހެން ކުއްޖަކާއި ބަދުއަޚުލާޤީ އަމަލު ހިންގި ކަމުގެ ތުހުމަތެވެ.

މިމައްސަލައާއި ގުޅިގެން ޔުނާންގެ ދެމަފިރިން ދިރިއުޅޭ ގެ ކައިރީގައި އިއްޔެ ބަޔަކު ވަނީ އެމީހުން ހައްޔަރު ކުރުމަށް ގޮވާލާ އަޑު އުފުލާފައެވެ. މުޒާހަރާ ކުރަން ފެށުމުން ފުލުހުން ވަނީ އެދެމަފިރިން ޕޮލިސް ސްޓޭޝަނަށް ގެންގޮސް ހިމާޔަތް ދީފައެވެ.

ފުލުހުންގެ އިދާރާ އިން ބުނީ ހުޅުމާލޭގައި އުމުރުން 15 އަހަރުގެ ފިރިހެން ކުއްޖަކާ އެކު ގަދަކަމުން ބަދުއަހުލާގީ އަމަލު ހިންގިކަމުގެ މައްސަލައެއް އެ އިދާރާއަށް ހުށައަޅާފައިވާ ކަމަށެވެ. އެމައްސަލައިގައި ދެމީހަކު ހައްޔަރު ކޮށްފައިވާ ކަމަށް ފުލުހުން މައުލޫމާތުދެއެވެ.

ފުލުހުން ބުނީ ކޯޓު އަމުރެއްގެ ދަށުން 29 އަހަރުގެ ފިރިހެނަކާއި 30 އަހަރުގެ އަންހެނަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. ޔުނާންގެ ދެމަފިރިން ހައްޔަރު ކުރީ ކޯޓު އަމުރެއްގެ ދަށުން ރޭ ދަންވަރުއެވެ.

ފުލުހުންގެ އިދާރާ އިން ބުނީ އެމައްސަލައިގައި ހައްޔަރުކުރި މީހުންގެ ބަންދާއިމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން، ހޯމް މިނިސްޓްރީން ކަނޑައަޅާފައިވާ ތަނެއްގައި ބަންދުގައި ބައިތިއްބައިގެން ތަހުގީގު ކުރިއަށްގެންދިއުމަށް ހަތް ދުވަސް ޖަހާފައިވާ ކަމަށެވެ.

ޔުނާންގެ އާއިލީ ކުއްޖަކާ އެކު ދެމަފިރިން ބަދު އަހުލާގީ އަމަލު ހިންގި ކަމުގެ ތުހުމަތު ކޮށްފައިވަނީ ޔުނާންގެ އާއިލާގެ މެމްބަރެކެވެ.


ކިޔުންތެރިންގެ ހިޔާލު


-5

عبدالله

06-Oct-2020

الله ދެއްވި ނިޢުމަތަށް ޝުކުރު ނުކުރުމުގެ ނަތީޖާ ނިކަން ދެކިބަލަ! ހިދާޔަތް ދައްކަވާށި.



ޓްރެންޑިން