ނޫސްވެރިޔާ އަޙްމަދު ރިޟްވާން ޢަބްދުﷲ ސީރިޔާއަށްގޮސް މަރުވެފައިވާ ކަމަށް ދެއްކުމަށްޓަކައި، ރިޟްވާން ރާއްޖެއިން ބޭރަށް ފުރައިގެން ދިޔަކަމަށް ދައްކަން ލިއުން ތައްޔާރުކުރަން އުޅުނު ކަމަށް ތުހުމަތުކުރާ ކުރީގެ އިމިގްރޭޝަން ކޮންޓްރޯލަރ ހަސަން އަލީގެ ޕާސްޕޯޓް ހިފަހައްޓައިފިއެވެ.

ގެއްލިފައިވާ މީހުންނާއި މަރާލާފައިވާ މީހުންގެ މައްސަލަތައް ބެލުމަށް އެކުލަވާލި ކޮމިޝަންގެ މެމްބަރަކު ވިދާޅުވީ ހަސަން އަލީގެ ޕާސްޕޯޓް ހިފަހައްޓާފައިވާކަމަށެވެ. ނަމަވެސް ޕާސްޕޯޓް ހިފަހައްޓާފައިވަނީ ކޮން ތާރީޚެއްގައިކަމެއް އަދި އެކަމުގެ ތަފްސީލެއް ދެއްވާފައެއް ނުވެއެވެ.

ހަސަން އަލީ އަށް ކުރާ ތުހުމަތަކީ، ރިޟުވާން ވަގަށް ނެގި މައްސަލައިގައި އާއިލާއާއި ރަހުމަތްތެރިންގެ މުޒާހަރާތަކުން ސަރުކާރަށް ޕްރެޝަރު ބޮޑުވުމުން، ސީރިއާގައި ކުރި ހަނގުރާމައިގައި ބައިވެރިވާން ރާއްޖެއިން ބޭރަށް ފުރީ ކަމަށް ދައްކަން ޕާސްޕޯޓް ހަދަން އުޅުމެވެ. ޖުޑީޝަލް ސާވިސް ކޮމިޝަނުން ވެސް މި މައްސަލަ ބަލައި ހަސަން އަލީ ސަސްޕެންޑް ވެސް ކުރި އެވެ.

ޖޭއެސްސީން ބުނީ ރިޟުވާން ރާއްޖެއިން ބޭރަށް ފުރާފައިވާކަން ދެއްކުމަށްޓަކައި އިންޓެލިޖެންސްގެ ދެ ފުލުހަކާ ގުޅިގެން، އިމިގްރޭޝަން ކޮންޓްރޯލަރުގެ މަގާމުގައި ހަސަން އަލީ ހުންނެވިއިރު މަސައްކަތްކޮށްފައިވާ ކަމުގެ ތުހުމަތުތަކެއް ކުރެވޭ ކަމަށެވެ.

ނޫސްވެރިޔާ އަޙްމަދު ރިޟްވާން ޢަބްދުﷲ ސީރިޔާއަށްގޮސް މަރުވެފައިވާ ކަމަށް ދެއްކުމަށްޓަކައި، އޭނާގެ ޕާސްޕޯޓުގެ ކޮޕީއެއް އިމިގްރޭޝަނުން ހޯދުމަށް މަސައްކަތްކުރި އިންޓެލިޖެންސްގެ ދެ ފުލުހަކުވެސް ވަނީ ވަޒީފާއިން ވަކިކޮށްފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން