ފަސްޓްލޭޑީ ފަޒްނާ އަހްމަދު
ފަސްޓްލޭޑީ ފަޒްނާ އަހްމަދު
ޓީޗަރުން ލީޑަރޝިޕް ދައްކަވައިފި ކަމަށް ވިދާޅުވެ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މެޑަމް ފަޒްނާ އަޙްމަދު ޓީޗަރުންނަށް ތަޢުރީފް ކުރަށްވައިފިއެވެ.

ޔުނެސްކޯއިން ފާހަގަކުރާ ޓީޗަރުންގެ ދުވަހުގެ މުނާސަބަތުގައި ދެއްވި ވީޑިއޯ މެސެޖްގައި މެޑަމް ފަޒްނާ އަޙްމަދު ވިދާޅުވީ، މިއަދަކީ ކޯވިޑް-19ގެ މި ޙާލަތުގައި އުނގަންނައިދިނުމުގެ ކަންކަން ނުހުއްޓި، މުޢާލާތް ނުކެނޑި ކުރިއަށްގެންދިއުމަށް މަސައްކަތް ކުރާ "އަން-ސަންގް ހީރޯޒް"ގެ ދުވަސް ކަމަށެވެ. އަދި މުދައްރިސުން މި ޙާލަތުގައި ލީޑަރޝިޕް ދައްކުވައި ދެއްވައިފި ކަމަށް އެކަމަނާ ވަނީ ވިދާޅުވެފައެވެ.

"ގޭގައި ތިއްބަވައިގެން ދަރިވަރުންނަށް މަސައްކަތްތައް އަމިއްލައަށް ތައްޔާރުކޮށްދެއްވާ، އެބޭފުޅުން އަމިއްލައަށް އެ ޓެކްނޮލޮޖީ ދަސްކުރައްވައިގެން ފިލާވަޅުތައް ހުށަހަޅުއްވަމުން ގެންދެވިކަން އަޅުގަނޑު ވަރަށް އުފަލާއެކު ފާހަގަކުރަން. އަދި ހަމައެކަނި އެބޭފުޅުން ހުށަހެޅުއްވީ ފިލާވަޅުތަކެއް އެކަންޏެއްނޫން. ކުދިންގެ ހާލުބަލަން ގުޅުއްވާ، އަދި ނުވިތާކަށް، އެކުދިންގެ މައިންބަފައިންނާއި ބެލެނިވެރިންގެ ހާލު ބަލަންވެސް ޓީޗަރުން ގުޅުއްވާ ހެއްދެވިކަން އަޅުގަނޑު އުފަލާއެކު ފާހަގަކުރަން. މިކަމަށްޓަކާ އަދިވެސް އެއްފަހަރު ހުރިހާ ޓީޗަރުންނަށް ވަރަށް އިޚްލާސްތެރިކަމާއެކު ޝުކުރުދަންނަވަން." ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަޙްމަދު ވިދާޅުވިއެވެ.



މެޑަމް ފަޒްނާގެ މެސެޖް ގައި ވަނީ، ޓީޗަރުން ފެއްޓެވި މަސައްކަތް މެދުކަނޑާނުލައްވާ މިއަށްވުރެވެސް ފުރިހަމަކޮށް ކުރިއަށްގެންދެވުމަށް އެދިވަޑައިގަންނަވާފައެވެ.


ކިޔުންތެރިންގެ ހިޔާލު


3

ބާޣީލޭޑީ

06-Oct-2020

ޓީޗަރުންގެ ބޯހިިޔާވަހިކަން ފޭރިގެންފި.



ޓްރެންޑިން