މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ
މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ
އެމްއެމްއޭ އިން ބޭންކް ތަކަށް ދޫކުރާ ޑޮލަރު އަނެއްކާ ވެސް އިތުރު ކޮށްފި އެވެ.

ކޯވިޑް-19 އާ ގުޅިގެން އެމްއެމްއޭ އިން ވަނީ މީގެ ކުރިން ދެ ފަހަރެއްގެ މަތިން ބޭންކްތަކަށް ދޫކުރާ ޑޮލަރު އިތުރުކޮށްފަ އެވެ. އެމްއެމްއޭ އިން މިއަދު ނެރުނު ބަޔާނެއްގައި ވަނީ ކޯވިޑް-19 ގެ ސަބަބުން ރާއްޖެއަށް މާލީ ގޮތުން ލިބެމުންދާ ގެއްލުމުން އަރައިގަންނަން ކެނޑިނޭޅި މަސައްކަތް ކުރަމުންދާ ކަމަށެވެ. އެގޮތުން ކުރިން ބޭންކްތަކަށް ދޫކުރާ ޑޮލަރުގެ އިތުރުން ޒަރޫރީ ބޭނުންތަކަށް ބޭނުންވާ ޑޮލަރު ވެސް ބޭންކް ތަކަށް ފޯރުކޮށްދެމުންދާ ކަމަށާއި، މި އަހަރު ނިމެންދެން މިގޮތުގައި ކުރިއަށް ގެންދަން ނިންމާފައިވާ ކަމަށެވެ.

ކޯވިޑް-19 ގެ ސަބަބުން ކުރިމަތިވެފައިވާ އިގްތިޞާދީ ގެއްލުމުން އަރައި ގަންނަން ކުރަމުންދާ މަސައްކަތްތަކަށް މިހާތަނަށް 354 މިލިއަން ޑޮލަރު ލިބިފައިވާ ކަމަށް އެމްއެމްއޭ އިން ވަނީ ބުނެފައެވެ. އަދި މިވަގުތަށް ލިބުނު ފައިސާގެ އަދަދު އިތުރުވެފައި ވަނީ ސްޓޭޓް ބޭންކް އޮފް އިންޑިއާ އަށް ވިއްކި 250 މިލިއަން ޑޮލަރުގެ ބޮންޑުގެ ފައިސާ ޖަމާވުމާ ގުޅިގެންނެވެ.

އެމްއެމްއޭ އިން ހާމަކޮށްފައިވާ ގޮތުގައި ބޯޑަރު ހުޅުވިފަހުން ޓޫރިސްޓުން ރާއްޖޭގައި އެވްރެޖު ގޮތެއްގައި ހޭދަކުރާ މުއްދަތު އިތުރުވަމުންދާ ކަމަށާއި، އަދި އިމާރާތް ކުރުމުގެ ސިނާއަތު ވެސް މަޑުމަޑުން ރަނގަޅުވަމުންދާ ކަމަށެވެ. އެމްއެމްއޭ އިން ބުނެފައިވަނީ، ކުރިން ބޭންކުތަކަށް ދޫކުރަމުން އައި ޑޮލަރުގެ އިތުރުން ޒަރޫރީ ބޭނުންތަކަށް މުދާ އިމްޕޯޓްކުރުމަށްޓަކައި އިތުރު ޑޮލަރު ބޭންކުތައް މެދުވެރިކޮށް ދަނީ ދޫކުރަމުން ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން