ކުޅުދުއްފުށި ސިޓީ
ކުޅުދުއްފުށި ސިޓީ
ކުޅުދުއްފުށި ސިޓީ ހިމެނޭ ގޮތުން އުތުރުގެ 6 ރަށް މޮނިޓަރިންގ ޙާލަތަށް ގެނެސްފިއެވެ.

އެގޮތުން މޮނިޓަރިން އަށް ގެންގޮސްފައިވަނީ، ހއ. ބާރަށް، ހއ. ދިއްދޫ، ހއ. ހޯރަފުށި، ހދ. ކުޅުދުއްފުށި، ހދ. ކުރިނބީ، ށ. ފުނަދޫ އެވެ. މި ރަށްތައް މޮނިޓަރިންގ އަށް ގެންގޮސްފައިވަނީ ކުޅުދުއްފުށީ ޕޮލިސް ސްޓޭޝަންގައި މަސައްކަތްކުރާ ކުރިނބީއަށް ނިސްބަތްވާ ފުލުހެއް ކޯވިޑް-19 އަށް ޕޮޒިޓިވް ވުމުންނެވެ.

ކޯވިޑަށް ޕޮޒިޓިވްވި ފުލުސް މީހާ އިއްޔެ ކުޅުދުއްފުށިން ކުރިނބީއަށް ދަތުރުކޮށްފައިވަނީ ބަލީގެ އަލާމާތްތައް ހުރުމުން ކޮވިޑަށް ޓެސްޓް ކުރުމަށްފަހު ޓެސްޓްގެ ނަތީޖާ ލިބުމުގެ ކުރިންނެވެ. އަދި ޕޮޒިޓިވްވީކަން އެނގިފައިވަނީ ކުރިނބީގައި ހުއްޓާ މިރޭގެ ވަގުތެއްގަ އެވެ.

ކުޅުދުއްފުށި މޮނިޓަރިންގއަށް ލާފައިވާކަން އަންގާލިޔުން ހެލްތު ޕްރޮޓެކްޝަން އެޖެންސީން މިހާރުވަނީ ކުޅުދުއްފުށި ކައުންސިލްގެ އިދާރާއަށް ފޮނުވާފަ އެވެ. އެލިއުމުގައި ބުނެފައިވަނީ ކޯވިޑް-19 އާ ގުޅިގެން، ޞިއްޙީ ގޮތުން އިތުރަށް ބަލަންޖެހޭ ކަންކަން ބެލުމަށް އަޅާ ފިޔަވަޅެއްގެ ގޮތުން ރަށުގައި މިވަގުތު ހުރި އެއްވެސް މީހަކު ހެލްތު ޕޮރޮޓެކްޝަން އެޖެންސީން ވަކިގޮތެއް އަންގަންދެން ރަށުން ފޭބުމާއި، އެޗްޕީއޭގެ ހުއްދަނެތި އެއްވެސް މީހަކު ރަށަށް އެރުން މަނާކޮށް ރަށް މޮނިޓަރ ކުރެވިފައިވާކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން